22 Jul 2024, 15:36
މި ހިނގާ 2024ވަނަ އަހަރުގެ ޓާމް ބަންދުތަކުގައި މުދައްރިސުން ސްކޫލަށް ނެރެގެން މަސައްކަތް ކުރުވުން އެޑިއުކޭޝަން މިނިސްޓްރީން މިއަދު މަނާކޮށްފިއެވެ.
އެޑިއުކޭޝަން މިނިސްޓްރީން މިފަދައިން އަންގާފައިވަނި، ސަރުކާރުގެ ހުރިހާ ސްކޫލުތަކަކަށާއި، އެޑިއުކޭޝަން މިނިސްޓްރީގެ ޑިޕާޓްމަންޓްތައް އަދި ޑިވިޝަންތަކާއި ސެކްޝަންތަކަށް އެޑްރެސްކޮށް ފޮނުވި އިންޓާނަލް މެމޯއެއްގައެވެ.
ސްކޫލު ބަންދުގައި ވެސް މުދައްރިސުން މަސައްކަތް ކުރަންޖެހުމާއި ނުރަސްމީ ވަގުތުތަކުގައި މުދައްރިސުން މަސައްކަތްކުރުމަކީ ތައުލީމީ ދާއިރާގައި ވަރަށް ބޮޑުވެފައިވާ މައްސަލައެކެވެ.
މިއީ މުދައްރިސުންގެ ވަރަށް ބޮޑު ޝަކުވާއެއް ވެސް މެއެވެ.
މި އަހަރު ފުރަތަމަ ޓާމް ބަންދުވާނީ 26 ސެޕްޓެމްބަރުގައެވެ. ދެވަނަ ޓާމުގެ ބަންދު ވަނީ އަންނަ އަހަރުގެ މާޗު މަހުގެ ހަވަނަ ދުވަހުއެވެ.