21 Jun 2012, 10:11
މިދިޔަ އަހަރު ތެރޭގައި ދިރުވާލައިގެން 100 ބްލެޓް މަސްތުވާތަކެތި ރާއްޖެއަށް އެތެރެކުރި ބިދޭސީއެއްގެ މައްސަލައިގެ ތަހުގީގު ނިންމައި ދައުވާކުރުމަށް ޕުރޮސިކިއުޓާ ޖެނެރަލަށް ހުށައަޅައިފި އެވެ.
ފުލުހުން ބުނީ މިމަހުގެ 10 ވަނަ ދުވަހު ޝަރީއަތަށް ހުށައެޅުމަށް ފޮނުވާފައިވަނީ ޕާކިސްތާނުގެ ރައްޔިތެއްކަމަށްވާ އަރުޝަދު ޚާންގެ މައްޗަށް ކަމަށެވެ.
އަރުޝަދު ހާން ހައްޔަރުކުރީ މިދިޔަ އަހަރުގެ ޖޫން މަހުގެތެރޭގައި ރާއްޖެ އައި އިރު މަސްތުވާތަކެތި ކަމަށް ތުޙުމަތުކުރެވޭ އެއްޗެހިތަކެއް ދިރުވާލައިގެން ދިވެހިރާއްޖެއަށް އެތެރެކުރަން މަސައްކަތް ކުރާ ކަމަށް ތުޙުމަތުކުރެވިގެންނެވެ. އޭނާގެ ދިރުވާލައިގެން ގެނައި 100 ބްލެޓްގެ ބަރުދަނަކީ 687.5 ގްރާމެވެ.