20 Jul 2024, 11:23
ޚިޔާނާތުގެ ތުހުމަތުގައި ޒެމްބިއާގެ އެންޓި ކޮރަޕްޝަން ބޯޑުގެ ހުރިހާ މުވަޒައްފުން ވަޒީފާއިން ވަކިކޮށްފިއެވެ.
ޚިޔާނާތުގެ ތުހުމަތު ކުރި ނަމަވެސް މުވައްޒަފުން ވަނީ އެކަން ދޮގުކޮށްފައެވެ.
އެ ބޯޑުގެ މުވައްޒަފުން ވަޒީފާއިން ވަކިކޮށްފައި ވަނީ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ އިސްވެރިޔާ ތޮމް ޝަމާކަމްބާ މަގާމުން އިސްތިއުފާ ދެއްވިތާ ދުވަސްތަކެއް ފަހުންނެވެ. ޚިޔާނާތުގެ ތުހުމަތު އޭނާއަށާއި އެ ގައުމުގެ ސޮލިސިޓާ ޖެނެރަލް، މާޝަލް މުޗެންޑޭއަށް ވެސް ކުރެއެވެ. އެ ދެމީހުން ވެސް ވަނީ އެކަން ދޮގުކޮށްފައެވެ.
މީގެ ތިން އަހަރު ކުރިން ހަކިންދާ ހިޗިލެމާ ޒެމްބިއާގެ ރައީސްކަމާ ހަވާލުވި ފަހުން ކަމާބެހޭ ފަރާތްތަކުން ދަނީ ކުރީގެ ސަރުކާރުގެ ގިނަ އަދަދެއްގެ އޮފިޝަލުންގެ ޚިޔާނާތުގެ މައްސަލަތައް ތަހުގީގު ކުރަމުންނެވެ.
އޭސީސީގެ މުވައްޒަފުންނަށް ކުރާ ތުހުމަތަކީ އެކިއެކި ކުށްތައް ސާބިތުވާ ސިޔާސީ މީހުން ދޫކޮށްލާ އޭގެ ބަދަލުގައި ފައިސާ އަތުލާ ކަމުގެ ތުހަމަތެވެ.
އެ މީހުން އެކަން ކުރާކަން ފަޅާއަރުވާލީ، އޭސީސީގެ ކުރީގެ މެމްބަރެއް ކަމަށްވާ އޯ ބްރައިއަން ކާބާ ކިޔާ މީހެކެވެ.
އޭނާ ވިދާޅުވީ އޭސީސީ އިސްލާހު ކުރަން ޖެހޭ ކަމަށާއި ޚިޔާނާތުގައި ބައިވެރިވެފައި ވަނީ ހަމައެކަނި ވަޒީފާއިން ވަކިކުރި ހަތަރު މެމްބަރުން ނޫން ކަމަށެވެ.