19 Jul 2024, 21:34
މާލޭގައި ހުރި ފިހާރައެއް ފަޅައިލާ އެ ތަނުން ގަހަނާތަކެއް ވަގަށް ނެގި ފިރެހެނަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން ބުނީ މި ވައްކަން ހިނގައިފައިވަނީ ޗަމްޕާ މަގު، ޕެންޒީ ފިހާރައިގައި ކަމަށެވެ.
އެ ފިހާރައިން ވަގަށް ނަގައިފައިވާކަމަށް ތުހުމަތުކުރެވޭ ގަހަނާތަކެއް ވެސް ހޯދައިފައިވާ ކަމަށް ފުލުހުން ބުންޏެވެ.
މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ 27 އަހަރުގެ ދިވެހި ފިރިހެނެކެވެ. މިހާރު ފުލުހުން ގެންދަނީ މި މައްސަލަ ތަހުގީގުކުރަމުންނެވެ.
ވައްކަމާއި ފޭރުމުގެ މައްސަލަތައް އިންތިހާއަށް މާލޭގައި އާންމެވެ. އެ ކަމާ ދެކޮޅަށް ހަރުކަށި އަދަބު ދިނުމަށް މަސައްކަތްކުރި ނަމަވެސް މިފަދަ ކުށްތައް އަދިވެސް އާންމެވެ.