18 Jul 2024, 23:23
މިދިޔަ އަހަރުގެ އޭ އެލެވެލް އިމްތިހާނުން އެންމެ މަތިން ފާސްވެފައިވާ ދަރިވަރުންނަށް ރައީސް ދެއްވާ ޚާއްސަ ސްކޮލާޝިޕް 19 ދަރިވަރަކު ހާސިލްކޮށްފިއެވެ.
ހުރަވީ ސްކޫލުގައި މިކަމަށް ޚާއްސަކޮށްގެން މިރޭ ބޭއްވި ރަސްމިއްޔާތުގައި ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ވަނީ ދަރިވަރުންނަށް ސްކޮލާޝިޕް ހަވާލު ކޮށްދެއްވާފައެވެ.
އެ ސްކޮލާޝިޕް ހާސިލް ކޮށްފައިވަނީ މާލޭގެ ހަތަރު ސްކޫލަކުން އޭލެވެލް އިމްތިހާން ހަދާފައިވާ ދަރިވަރުންނެވެ.

ރައީސުލް ޖުމްހޫރިއްޔާގެ ޚާއްސަ ސްކޮލާޝިޕް އަދި ހަޔާ އެޗީވާސް ސްކޯލާޝިޕް ހާސިލްކުރި ދަރިވަރުންނަށް ހާއްސަކޮށްގެން ބޭއްވުނު ރަސްމިއަޔާތުގެ ތެރެއިން--- ފޮޓޯ/ ރައީސް އޮފީސް
އޭގެ ތެރޭގައި ހިމެނެނީ ވިލާ އިންޓަނޭޝަނަލް ހައި ސްކޫލުގެ ހަ ދަރިވަރަކާއި ސެންޓަ ފޯ ހަޔާ ސެކަންޑްރީ އެޑިޔުކޭޝަން (ސީއެޗްއެސްއީ)ގެ ހަ ދަރިވަރިވަރަކާއި އަހުމަދިއްޔާ އިންޓަނޭޝަނަލް ސްކޫލުގެ ހަތަރު ދަރިވަރެއްގެ އިތުރުން އަރަބިއްޔާ ސްކޫލުގެ ތިން ދަރިވަރެކެވެ.
އޭގެ އިތުރުން މިރޭގެ ހަފުލާގައި ވަނީ 117 ދަރިވަރަކަށް ހަޔާ އެޗީވާސް ސްކޯލާޝިޕްވެސް ހަވާލުކޮށްފައެވެ.

ރައީސުލް ޖުމްހޫރިއްޔާގެ ޚާއްސަ ސްކޮލާޝިޕް އަދި ހަޔާ އެޗީވާސް ސްކޯލާޝިޕް ހާސިލްކުރި ދަރިވަރުންނަށް ހާއްސަކޮށްގެން ބޭއްވުނު ރަސްމިއަޔާތުގެ ތެރެއިން--- ފޮޓޯ/ ރައީސް އޮފީސް
ހަޔާ އެޗީވާސް ސްކޯލާޝިޕަކީ އޭލެވެލް އިމްތިހާނުން ފަސް މާއްދާއިން އޭ އަދި އެއަށްވުރެ މަތިން ހޯދާފައިވާ ދަރިވަރުންނަށް ދޭ ސްކޮލާޝިޕެކެވެ.
ރާއްޖޭގެ 45 ސްކޫލަކުން 1،407 ދަރިވަރަކު ބައިވެރިވެފައިވާއިރު 136 ދަރިވަރަކު ވަނީ ފަސް މާއްދާ އިން މަތީ ގްރޭޑްތައް ހޯދާފައެވެ.