17 Jul 2024, 21:25
ތޖުގެ 30 ވަރަކަށް ދަރިވަރުން ކުއްލި ގޮތަކަށް ބަލިވުމުން، އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލުގައި މިއަދު ފަރުވާ ދޭން ފަށައިފިއެވެ.
އައްޑޫ ހޮސްޕިޓަލްގެ އޮފިޝަލަކު "ސަން"އަށް ވިދާޅުވީ އެ ދަރިވަރުން ހޮސްޕިޓަލަށް ގެންދިޔައީ މިރޭ އަށެއް ހާއިރު ކަމަށެވެ. އެ އެންމެންނަށް ވެސް ފުރަތަމަ ފަރުވާ ދިނީ އެމާޖެންސީގައި ކަމަށާއި މިހާރު ވޯޑަށް ބަދަލު ކުރަމުން އަންނަ ކަމަށް އޭނާ ވިދާޅުވިއެވެ.
އޮފިޝަލް ވިދާޅުވީ އެ ދަރިވަރުން ގެނައީ އެލާޖީއެއްގެ ސަބަބުން ކަމަށާއި ބޮޑަށް ބެލެވެނީ އެއީ ކެވުނު އެއްޗެއްގެ ސަބަބުން ދިމާވި މައްސަލައެއް ކަމަށެވެ.
އެ ހުރިހާ ދަރިވަރުންގެ ހާލު ވެސް މިހާރު ރަނގަޅު ވަމުން އަންނަ ކަމަށް އޮފިޝަލް ވިދާޅުވިއެވެ.
ފުލުހުން ބުނީ، އެ ދަރިވަރުން ބަލިވީ ކާނާ ވިހަވުމުން ކަމަށް ބެލެވޭ ކަމަށެވެ. އަދި ފަރުވާ ދިނުމަށްފަހު ދަރިވަރުން މިހާރު އަނބުރާ ކޮލެޖަށް ގެންދާ ކަމަށް ވެސް ފުލުހުން ބުންޏެވެ.
ފުލުހުން އަންނަނީ އެކަން ދިމާވި ސަބަބު ހޮސްޕިޓަލް މެދުވެރިކޮށް އިތުރަށް ބަލަމުންނެވެ.
އިންޑިއާ ސަރުކާރުގެ ހިލޭ އެހީގައި އައްޑޫ ސިޓީގައި ގާއިމުކުރި ޕޮލިސް ކޮލެޖު ރަސްމީކޮށް ހުޅުވީ މާޗު 27، 2022ގައެވެ. ފުލުހުންގެ އަސާސީ ތަމްރީނުގެ އިތުރުން، ޚާއްސަ ތަފާތު ތަމްރީނު ކޯސްތައް އެ ކޮލެޖުގައި ހިންގައެވެ.