20 Jun 2012, 15:47
ބަލަމުންދާ މައްސަލައަކާ ގުޅިގެން މީހަކު ހޯދުމަށް ފުލުހުން މިއަދު އިއުލާން ކޮށްފި އެވެ.
ފުލުހުން ބުނީ ގއ. ވިލިނގިލީ، ވަސްމީރުމާގޭ، އަޖީތު އަބްދުލް މުހުސިން،26އ. އަކީ ފުލުހުން ތަހުގީގު ކުރަމުންދާ މައްސަލައަކާ ގުޅިގެން ހޯދާ ނުފެނިފައިވާ މީހަކަށްވާތީ އޭނާއާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ ފަރާތެއް ވާނަމަ ލަސްނުކޮށް އެކަން ފުލުހުންނަށް އެންގުމަށް އެދޭކަމަށެވެ.
ފުލުހުން ބުނީ ތަހުގީގު ކުރަމުންދާ މައްސަލައަކަށް ވާތީ އޭނާ ހޯދަނީ ކޮން މައްސަލައަކާ ގުޅިގެން ކަމެއް ހާމަކުރެވެން ނެތްކަމަށެވެ.
އަޖީތުއާ ބެހޭ އެއްވެސް މައުލޫމާތެއް އެނގޭ ފަރާތަކުން އަތޮޅުތެރެއިން ނަމަ އެރަށެއްގެ ޕޮލިސް ސްޓޭޝަނަކަށް އަދި ޕޮލިސް ސްޓޭޝަނެއް ނެތް ރަށެއްނަމަ ރަށު ކައުންސިލް އިދާރާ މެދުވެރިކޮށް އެކަން ފުލުހުންނަށް އެންގުމަށް ފުލުހުން ވަނީ އެދިފަ އެވެ.