16 Jul 2024, 18:04
މޫސުން ގޯސްވެ، ނ. އަތޮޅުން ފެށިގެން ޅ. އަތޮޅާ ހަމަޔަށް ރީނދޫ ސަމާލު ނެރެފިއެވެ.
މޫސުމާބެހޭ ގައުމީ އިދާރ (މެޓް)އިން ބުނީ ނ. އަތޮޅުން ޅ. އަތޮޅަށް ރީނދޫ ސަމާލު ނެރެފައިވަނީ މިއަދު ހަވީރު 16:15އިން ފެށިގެން 20:30ގެ ނިޔަލަށް ކަމަށެވެ.
އެ އިދާރާއިން ބުނީ ބޯކޮށް ވާރޭވެހި، ގުރުގުރުން އެކަށީގެންވާ ކަމަށެވެ. އަދި ގަޑިއަކު ވިލާގަނޑުގައި 40 މޭލުގެ ބާރު މިނަށް ވައިޖެހި، ކަނޑުތައް ގަދަވާނެ ކަމަށް ވަނީ ލަފާކޮށްފައެވެ.
މެޓުން ބުނީ ރާއްޖޭގެ އެކި ހިސާބަށް ވިއްސާރަ ކުރުމާއެކު ގުގުރާނެ ކަމަށެވެ. އަދި ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހުން އެކަށީގެންވާ ކަމަށް ވެސް ބުނެފައިވެއެވެ.
ހުޅަނގުދެކުނާއި ހުޅަނގުން ގަޑިއަކު 10 މޭލާއި 18 މޭޅާއި ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށް ލަފާކޮށްފައިވާއިރު، ލިވާގަނޑުގައި ގަޑިއަކު 35 މޭލަށް ވައިގަދަވުން އެކަށީގެންވާ ކަމަށް މެޓުން ބުނެއެވެ.
އާދައިގެ ވަރަކަށް ކަނޑުތައް ގަދަވެފައި، ވިލާގަނޑުގައި ގަދަވާނެ ކަމަށް ލަފާކޮށްފައިވާއިރު، ރާޅުގެ އުސްމިން ހުންނާނެ ކަމަށް އަންދާޒާކޮށްފައިވަނީ ތިން ފޫޓާއި ފަސް ފޫޓާ ދެމެދުގައެވެ.
މޫސުން ގޯސްވެ، ރީނދޫ ސަމާލު ނެރެފައިވާތީ މެޓުން ވަނީ ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހޭނެ ކަމަށް ލަފާކޮށް، ސަމާލުވުމަށް އެދިފައެވެ.