20 Jun 2012, 12:51
މިދިޔަ އަހަރު ރާއްޖެ އަށް މަސްތުވާތަކެތި އެތެރެކުރި ކަމަށް ތުހުމަތުކުރެވޭ އިންޑިއާ ރައްޔިތެއްގެ މައްސަލައިގެ ތަހުގީގު ނިންމުމަށް ފަހު ޝަރީއަތަށް ހުށަހެޅުމަށް ޓަަކައި ޕްރޮސިކިއުޓާ ޖެނެރަލަށް ހުށަހަޅައިފި އެވެ.
ފުލުހުން ބުނީ މި މަހުގެ ހަ ވަނަ ދުވަހު ޕީޖީ އަށް ފޮނުވާފައިވާ މައްސަލައަކީ، އިންޑިއާގެ ރައްޔިތެއް ކަމަށްވާ ލަތާކުމާރީ ރާއްޖެ އަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު ކަމުގެ ތުހުމަތުގައި އޭނާގެ މައްޗަށް ދައުވާކޮށް ދިނުމަށް އެދި ހުށަހަޅާފައިވާ މައްސަލައެއް ކަމަށެވެ.
މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު ރާއްޖެ އައި ފްލައިޓަކުން އައި މި މީހާ މަސްތުވާތަކެއްޗާ އެކު ހިފަހައްޓައި ކަސްޓަމްސް އިން ފުލުހުންނާ ހަވާލުކޮށްފައި ވަނީ ސެޕްޓެމްބަރު މަހުގެ 21 ވަނަ ދުވަހު އެވެ. ޢޭނާގެ އަތުން 1.052 ކިލޯގްރާމްގެ މަސްތުވާތަކެތި ފެނިފައިވެ އެވެ.