20 Jun 2012, 12:39
ކ. އެނބޫދޫ ރިސޯޓުން ފީނަން ގޮސްއުޅުނު ޓޫރިސްޓަކު ގެނބިގެން މަރުވެއްޖެ އެވެ.
ސަން އަށް އެނގިފައިވާ ގޮތުގައި މިއަދު ހެނދުނު ސުނޯކްލިނަށް ގޮސްއުޅުމުގެ ތެރޭގައި ގެނބިގެން މަރުވެފައި ވަނީ އެ ރިސޯޓަށް ޗުއްޓީ ހޭދަކުރަން ގޮސް ހުރި އުމުރުން 63 އަހަރުގެ ޖަރުމަނު ފިރިހެނެކެވެ. އަދި ގެނބިގެން އިތުރުފަރުވާ ދިނުމަށް އޭނާ މާލެ ގެނައި އިރު ވެސް އޭނާ އޮތީ މަރުވެފަ އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އޭނާ މާލެ ގެނެސްފައި ވަނީ މިއަދު 11:40 އެހާކަންހާއިރު ކަމަށާއި މިހާރު އޭނާ އޮތީ އޭޑީކޭ ހޮސްޕިޓަލުގައި ކަމަށެވެ.