14 Jul 2024, 20:36
ރާއްޖޭގައި އެންމެ މަގުބޫލު އެއް ރިސޯޓު ކަމަށްވާ އޯޒެން ރިޒާވް ބޮލިފުށި ރިސޯޓުގެ ވެރިޔާ ހ. މިރިހި، ހުސައިން ޝަރީފް (ބޮލިފުށި ޝަރީފް) ނިޔާވެއްޖެއެވެ.
ޝަރީފް ނިޔާވީ އައިޖީއެމްއެޗުގެ އެމަޖެންސީގައި ފަރުވާ ދެނިކޮށް މިއަދު ހަވީރު 5:26 ހާއިރުގައި ކަމަށް އައިޖީއެމްއެއެޗުން ވަނީ ބުނެފައެވެ. ނަމަވެސް އޭނާއަށް ފަރުވާ ދީފައިވަނީ ކޮން ކަމަކާ ގުޅިގެން ކަމެއް އައިޖީއެމްއެޗްއިން ސާފު ކޮށްދީފައެއް ނުވެއެވެ.
ޝަރީފަކީ 1994ގައި އުފައްދާފައިވާ ގޭޓްވޭ މޯލްޑިވްސް ކުންފުނީގެ މައި ހިއްސާދާރެވެ. ބޮލިފުއްޓަކީ އެ ކުންފުނިން ކުއްޔަށް ނަގާފައިވާ ރިސޯޓެކެވެ.
ބޮލި ފުށި ރިސޯޓް މިހާރު ހިންގަމުން އަންނަނީ، އެޓްމޮސްފިއާ ކޯ މޯލްޑިވްސް އިންނެވެ. ވިޔަފާރި ފުޅާކުރަމުން އަންނަ އެ ކުންނިން މިހާރުވެސް ރާއްޖޭގައި ގިނަ ރިސޯޓްތަކެއް ހިންގައެވެ.
ޝަރީފަކީ ބޮލިފުށީގެ އިތުރުން ވެސް ޓޫރިޒަމްގެ އެކި ވިޔަފާރިތަކުގައި ހަރަކާތްތެރިވެފައިވާ ބޭފުޅެކެވެ.
ޝަރީފަކީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ވީއައިއޭ ހިންގާ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)ގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝަރީފް މުހައްމަދުގެ ބޭބެއެވެ.