ޓްރާންސްޕޯޓް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ހަސަން ޒިހާން ސަސްޕެންޑު ނުކުރާކަމަށާއި، އޭނާ މަގާމުގެ މަސްއޫލިއްޔަތުތަކުން އަމިއްލައަށް އެކަހެރިވީ ކަމަށް ރައީސް އޮފީހުން ބުނެފިއެވެ.

ޒިހާން ސަސްޕެންޑުކުރިކަމަށް ސޯޝަލްމީޑިއާގައި އަޑު ފެތުރިފައި ވަނިކޮށް، ރައީސް އޮފީހުން ވަނީ އޭނާ ސަސްޕެންޑު ނުކުރާކަމަށް ބުނެފައެވެ.

މައުލޫމާތު ލިބިފައިވާގޮތުގައި އޭނާ މަގާމުން އެކަހެރިވީ، އޭނާގެ މަގާމާއި މަސްއޫލިއްޔަތުތައް ބަދަލުކުރުމުންނެވެ.

ޓްރާންސްޕޯޓް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރެއްގެ މަގާމަށް އައްޔަންކުރެއްވުމުގެ ކުރިން ޒިހާން ހުންނެވީ، އެމްއެންޑީއެފްގެ ނޭވަލް އާކިޓެކްޓް ފަސްޓް ލެފްޓިނަންޓްގެ މަގާމުގައެވެ.

މިދިޔަ ސަރުކާރުން އޭނާ އެ މަގާމުން ވަކިކުރުމުން އޭނާ ވަނީ އެ ސަރުކާރާ ދެކޮޅަށް ގިނަ ވާހަކަތަކެއް ދައްކާފައެވެ. އެއަށްފަހު އޭނާއަށް ޑެޕިއުޓީ މިިނސްޓަރުކަން ދިނީ މި ސަރުކާރުންނެވެ.