ހުޅުމާލެއިން ޑައިވިންއަށް ގޮސް އުޅުނު ބިދޭސީ އަންހެނަކު ގެނބިގެން މިއަދު މަރުވެއްޖެއެވެ.

މިކަމާ ގުޅިގެން މިއަދު މީޑިއާތަކަށް ހިސާކުރި މެސެޖެއްގައި ފުލުހުން ބުނީ، މިއަދު ހެނދުނު 11:00 ހާއިރު ހުޅުމާލެ މޫދަށް ޑައިވިންއަށް ގޮސް އުޅެނިކޮށް ގެނބިގެން މަރުވީ ތައިލެންޑު އަންހެނެއް ކަމަށެވެ.

އެއީ އުމުރުން 55 އަހަރުގެ އަންހެނެއް ކަމަށް ވެސް ފުލުހުން ބުންޏެެވެ. އެއާއެކު، މި ހާދިސާއާ ގުޅިގެން ބަލަންޖެހޭ ކަންކަން ފުލުހުން އަންނަނީ ބަލަމުންނެވެ.

ފާހަގަކޮށްލެވޭ ގޮތުގައި، މޫދަށް އެރި އުޅެނިކޮށް ގެނބިގެން މީހުން މަރުވާ ހާދިސާތައް ދޭތެރެއަކުން ދިމާވެއެވެ. ފަތުރުވެރިން މަރުވެ ވެސް މީގެ ކުރިން ހާދިސާތައް ހިނގައިފައި އެބަހުއްޓެވެ.