މޯލްޑިވްސް މީޑިއާ ކައުންސިލްގެ ދެ ވަނަ ދައުރަކަށް މެމްބަރުން އިންތިހާބު ކުރުމަށް ބާއްވާ ޖަލްސާ މި މަހު 28ވާ ބުރާސްފަތި ދުވަހު ބާއްވާ ގޮތަށް ހަމަޖައްސައިފި އެވެ.

ޓޫރިޒަމް މިނިސްޓްރީ އިން މިއަދު އާންމު ކުރި ބަޔާނެއްގައި ބުނީ މީޑިއާ ކައުންސިލަށް މެންބަރުން ހޮވުމަށް ބާއްވާ ޖަލްސާގައި ބައިވެރިވެވޭނީ ރާއްޖޭގައި ރަޖިސްޓްރީކޮށްފައިވާ ނޫސްތަކާއި ބްރޯޑްކާސްޓަރުންގެ މަސްއޫލު ފަރާތްތަކުގެ ތެރެއިން ކޮންމެ ފަރާތަކުން ވެސް އެކަކަށް ކަމަށެވެ. އަދި އެ ޖަލްސާގައި ބައިވެރިވާން ބޭނުންވާ ނޫސްތަކާއި ބްރޯޑްކާސްޓަރުންގެ ތެރެއިން އެ ޖަލްސާގައި ބައިވެރިވާ ފަރާތްތަކުގެ މައުލޫމާތު ގައުމީ ކުތުބުހާނާ އަށް ފޮނުވުމަށް ވެސް މިނިސްޓްރީ އިން ކޮށްފައިވާ އިޢުލާނެއްގައި ވަނީ އެދިފަ އެވެ.

މީޑިއާ ކައުންސިލަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އަމިއްލަ މެންބަރުންގެ ގޮތުގައި ކުރިމަތިލި ފަރާތްތަކުގެ ތެރެއިން ޝޯޓްލިޓްކޮށްފައިވާ 14 މެންބަރުންނަކީ އަބްދުލް އަޒީޒު ހުސެއިން ދަފްތަރު ނަމްބަރު 8347، އަބްދުﷲ ސާލިހު ސ. މީދޫ، ނައިބު، އާއިޝަތު ހުސެއިން މަނިކު ހ. ރީދޫކޮކާގެ، ޔުމްނާ ރަޝީދު ގ. ސުތުލިގެ، ހުސެއިން ނަޝީރު ނ. ޅޮހި ވައިޓްރޯސް، އަބްދުﷲ މުއާޒު ޔޫސުފް ދޭލިޔާގެ ބ. ދަރަވަންދޫ، އިބްރާހިމް ރަޝީދު ގ. މަސްދޮށި، އަހުމަދު ރިޒާ ގ. ނޭކުރި، މުހައްމަދު ޒަހީން، ސަބްނަމީގެ، އާދަމް ހަލީލް ލ. ގަން ރުއްކޮށީގެ، އަލީ ރަޝީދު ދަފްތަރު ނަމްބަރު 8469، ޒިހުނަތު ހަސަން ގ. ވާނީގެ، ޖައުފަރު ރަޝީދު ފ. ދަރަނބޫދޫ ފަތަނގުމާގެ، މުހައްމަދު ނަދީމް ހ. ދިއްގާމާގެއާގެ އެވެ.

މީގެ އިތުރުން އެކަންސިލްގައި ހިމެނޭ މީޑިއާތަކުގެ ފަރާތުން ކުރިމަތިލި ފަރާތްތަކުގެ ތެރެއިން އެ އިންތިހާބުގައި ބައިވެރިވެވޭނެ ކަމަށް މިނިސްޓްރީން ކަނޑައަޅާފައިވާ ފަރާތްތަކަކީ ވިލާ ޓީވީގެ ފަރާތުން އިބްރާހިމް ހަލީލް، ހަވީރު ނޫހުގެ ފަރާތުން އިސްމާއިލް ނަސީރާއި ސަން އޮންލައިންގެ ފަރާތުން އަހުމަދު ޒާހިރު އާއި ހާމަ ޑެއިލީގެ ފަރާތުން އަހުމަދު ރިފާއު އާއި ރާއްޖެ އެފްއެމްގެ ފަރާތުން ޝެހެނާޒް އަބްދުއްރަހުމާނާއި ޓީވީ މޯލްޑިވްސްގެ ފަރާތުން ހަސަން ޒިއާއު އާއި ދިވެހި ރާއްޖޭގެ އަޑުން މުހައްމަދު އަފްޒަލް އާއި ރާއްޖެ ޓީވީގެ ފަރާތުން މުހައްމަދު ރިފާގު އާއި މިނިވަން ޑެއިލީގެ ފަރާތުން ހުޝާމް މުހައްމަދު އާއި ރޭޑިއޯ އެޓޯލްގެ ފަރާތުން އަބްދުﷲ ޝިނާން އާއި މިނިވަން ނިއުސްގެ ފަރާތުން ހައްވާ ލުބްނާ އާއި މޯލްޑިވްސް މީޑިއާ ކޮމްޕެނީ، ދި އެފްއެމްގެ ފަރާތުން އާޝިޔާ ސާލިހު އާއި ދި ޓީވީން މިދުހަތު އާދަމް އާއި ލަންދޫ އިންފޯ.ކޮމްގެ ފަރާތުން އަބްދުލްހަމީދު އަބްދުއްރަހުމާން އަދި އަށާވީސްގެ ފަރާތުން އިބްރާހިމް ޒަކީ އެވެ.

ޓޫރިޒަމް މިނިސްޓްރީން ބުނީ މީޑިއާ ކައުންސިލަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އިންތިހާބްގައި ވާދަކުރާ ކެންޑިޑޭޓުންގެ ނަންތައް ތަރުތީބު ކުރުމަށް ބާއްވާ ގުރުއަތު ނެގުން އަންނަ ބުރާސްފަތި ދުވަހު ނޭޝަނަލް އާޓްގެލަރީގައި އޮންނާނެ ކަމަށެވެ.

މޯލްޑިވްސް މީޑިއާ ކައުންސިލް އެކުލެވިގެން ވަނީ ޖުމްލަ 15 މެންބަރުންގެ މައްޗަށެވެ. އެއީ މީޑިއާތަކުން ކަނޑައަޅާ 8 މެންބަރުންނާއި އާއްމުންގެ ފަރާތުން ކަނޑައަޅާ 7 މެންބަރުންނެވެ. އަދި އެކައުންސިލް ދެމި އޮންނާނީ އިންތިހާބް ކުރާ ދުވަހުން ފެށިގެން ދެ އަހަރުގެ މުއްދަތަށެވެ.