10 Jul 2024, 10:00
ގަވާއިދާ ޚިލާފަށް މާލޭގައި ވިޔަފާރިކުރަމުންދިޔަ ހަ ބިދޭސީއަކު ހައްޔަރު ކޮށްފައި ވާކަމަށް އިމިގްރޭޝަނުން ބުނެފިއެވެ.
މިކަމާ ގުޅިގެން އިމިގްރޭޝަނުން އެކްސްގައި ކޮށްފައިވާ ޕޯސްޓުގައި ވަނީ މިހާރު ކުރިއަށްދާ އޮޕަރޭޝަންގެ ތެރެއިން، ރޭ ވެސް މާލެ ސަރަހައްދުގައި ބިދޭސީން ވިޔަފާރިކުރަމުންދިޔަ ހަތަރު ތަނެއް ބަލައިފާސްކޮށް، ބިދޭސީ ފަސް ފިރިހެނުންނާއި، އަންހެނަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށެވެ.
ތަފާތު ވިޔަފާރިތައް ކުރުމުގައި ގިނަ އަދަދެއްގެ ބިދޭސީން އަންނަނީ ނުގަވައިދުން ހަރަކާތްތެރިވަމުންނެވެ.
ނުގަވައިދުން އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް ޚާއްސަ ފިޔަވަޅުތަކެއް އަންނަނީ އަޅަމުންނެވެ.
ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީން ހޯދުމުގެ މަސައްކަތް ކުރަމުން އަންނައިރު 1800 އަށްވުރެ ގިނަ ބިދޭސީންވަނީ ގައުމަށް ފޮނުވައިލައިފައިވެއެވެ.