09 Jul 2024, 19:26
އާސަންދަ ސްކީމްގެ ތެރެއިން ކޮންމެ ދިވެހި ރައްތިޔަކަށް އަރަހަކު ދެ ފަހަރު މެޑިކަލް ޗެކަޕް ހެދޭނެ އިންތިޒާމް އެ ކުންފުނިން މިއަދު ހަމަޖައްސައިފިއެވެ.
އަހަރަކު ދެ ފަހަރު ކޮންމެ ދިވެހި ރައްޔިތަކަށް އާސަންދަ މެދުވެރިކޮށް ހިލޭ ޗެކަޕް ހެދޭނެ އިންތިޒާމް ހަމަޖެއްސުމަކީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ. އެ ގޮތުން ސަރުކާރުގެ ހަފުތާ 14 މަގުޗާޓުގައި ވެސް އެ ކަން އޮތީ ހިމަނާފައެވެ.
އާސަންދައިން މިއަދު ބުނީ މި ހިނގާ ޖުލައި މަހުގެ އެއްވަނަ ދުވަހުން ފެށިގެން 19 އަހަރާއި 39 އަހަރާ ދެމެދުގެ މީހުންނަށް ސަރުކާރުގެ ހޮސްޕިޓަލުތަކުން ޗެކަޕް ހެދޭނެ އިންތިޒާމު ހަމަޖައްސާފައިވާ ކަމށެވެ.
މި އިންތިޒާމް ހަމަޖެހިފައިވަނީ، ދިވެހި ކޮންމެ ރައްޔިތަކަށް އާސަންދަ ސްކީމްގެ ދަށުން އަހަރަކު ދެ ފަހަރު މެޑިކަލް ޗެކަޕް ހެދުމަށް ތަންފީޒު ކުރުމަށް ސަރުކާރުން ފަށާފައިވާ ސިޔާސަތާ އެއްގޮތަށް ކަމަށެވެ.
އާސަންދަ ސްކީމުގެ ދަށުން އުމުރުން 35 އަހަރާއި 49 އަހަރާ ދެމެދުގެ މީހުންނަށް ހިލޭ މެޑިކަލް ޗެކަޕް، އަދި ސްކޫލުތަކުގެ ދަރިވަރުންނަށް ޚާއްޞަ ސްކޫލް ސްކްރީނިން ސަރުކާރުގެ ހޮސްޕިޓަލްތައް މެދުވެރިކޮށް ހެދޭނެ އިންތިޒާމް ހަމަޖެއްސީ މިދިޔަ އޭޕްރީލްމަހުގެ އެއްވަނަ ދުވަހުގައެވެ.
މީގެ އިތުރުން އުމުރުން 50 އަހަރުން މަތީގެ މީހުންނަށް އާސަންދައިގެ ދަށުން ހިލޭ މެޑިކަލް ޗެކަޕް ހެދޭ ގޮތް ސަރުކާރުން ވަނީ މި އަހަރުގެ އެކެއް ޖެނުއަރީގައި ހަމަޖައްސާފައެވެ. އެ އުސޫލުގެ ދަށުން، ދެވަނަ މެޑިކަލް ޗެކަޕެއް ހަދަން ޖެހޭ މީހުންނަށް ޑޮކްޓަރެއްގެ ލިޔުމާއެކު އިތުރު ޗެކަޕެއް އާސަންދައިގެ ދަށުން ހެދޭނެއެވެ.
އާސަންދަ ޚިދުމަތް ފުޅާކުރަން ނިންމާފައިވާއިރު، އެ ޚިދުމަތަށް ކުރަން ޖެހޭ ހޭދަ އިތުރުވުމަކީ ކަންބޮޑުވުމެކެވެ.