ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)ގައި މާދަމާ ފެށުމަށް ހަމަޖެހިފައިވާ އެއާ ސާވިސް ވޯލްޑް ކޮންގްރެސްގެ، ރާއްޖޭގެ ޓްރެވަލް އިންޑަސްޓްރީ ޕާޓްނަރުން އިއުލާންކޮށްފިއެވެ.

ވީއައިއޭއިން ބާއްވާ މި ކޮންގްރެސްގެ ޓްރެވަލް އިންޑަސްޓްރީ ޕާޓްނަރުންގެ ގޮތުގައި ހަމަޖައްސާފައި ވަނީ އޭވިއާ މޯލްޑިވްސް، މާގިރި ހޮޓެލް، ސްކައި ޓުއާސް މޯލްޑިވްސް، ވިލާ ޓްރެވަލްސް އަދި މޯލްޑިވްސް ފްލައިޓް ސަޕޯޓެވެ.

ދުނިޔޭގެ އެކި ސަރަހައްދުތަކުން 150އަށްވުރެ ގިނަ މަންދޫބުން ބައިވެރިވާ މި ކޮންފަރެސް ބޭއްވުމަށް ބައިވެރިވާ އިތުރު ފަރާތްތަކަކީ:
* ރިސޯޓް ޕާޓްނަރުން: ޝެރަޓަން މޯލްޑިވްސް ފުލް މޫން ރިސޯޓް އެންޑް ސްޕާ އަދި ސައީ ލެގޫން
* ވެނޫ ޕާޓްނާ: ކުރުނބާ މޯލްޑިވްސް
* ޑިޖިޓަލް ޕާޓްނާ: ދިރާގު
* ސީޕްލޭން ޕާޓްނާ: ޓްރާންސް މޯލްޑިވިއަން އެއާވޭސް (ޓީއެމްއޭ)
* އެއާލައިން ޕާޓްނާ: އެމިރޭޓްސް އެއާލައިން
* އޭވިއޭޝަން ޕާޓްނާ: މޯލްޑިވިއަން
* މީޑިއާ ޕާޓްނަރުން: އައިލެންޑް ޗީފް، ޓްރެވަލް ޓްރޭޑް މޯލްޑިވްސް، ހޮޓެލިއާ މޯލްޑިވްސް، ދަ އެރައިވަލް އަދި ޓްރެވަލިއުޝަން މީޑިއާ

އެންޑޯސްމަންޓް ޕާޓްނަރުންގެ ތެރޭގައި ހިމެނެނީ:

* މިނިސްޓްރީ އޮފް ޓޫރިޒަމް
* މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން
* މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓޫރިޒަމް އިންޑަސްޓްރީ (މަޓީ)
* މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓްރެވަލް އޭޖެންޓްސް އެންޑް ޓުއާ އޮޕަރޭޓާސް (މަޓާޓޯ)

އެއާ ސާވިސް ވޯލްޑް ކޮންގްރެސްއަށް ވާންޖެހޭ އެންމެ ފަހުގެ ތައްޔާރީތައް މިހާރު ވަމުން ދާކަމަށް ވީއައިއޭއިން ވަނީ ބުނެފައެވެ. މި ކޮންގްރެސްގައި ދުނިޔޭގެ އެކި ޤައުމުތަކުގެ އެއާޕޯޓުތަކާއި، އެއާލައިންތައް އަދި ވައިގެ ސިނާއަތުގެ އެކި ފަންތީގެ ކުންފުނިތަކުގެ އިސްމަންދޫބުންނާއި ޓުއަރިޒަމް ބޯޑުތަކުން ބައިވެރިވުމަށް ވަނީ ހަމަޖެހިފައެވެ.

މި ކޮންގްރެސްގެ ރަސްމީ ހަރަކާތްތައް ކުރުނބާ މޯލްޑިވްސް ރިސޯޓްގައި އަންނަ ބުދަ އަދި ބުރާސްފަތި ދުވަހު ކުރިއަށް ދާނެއެވެ. ދުނިޔޭގެ އެކި ސަރަހައްދުތަކުން މަންދޫބުން ބައިވެރިވާ މި ކޮންފަރެސްގެ އިތުރު ހަފްލާތައް ޝެރެޓަން މޯލްޑިވިސް، އަދި ކޮރޮސް ރޯޑްސްގެ ސައީ ލެގޫންގައި ކުރިއަށް ދާނެއެވެ.

އެއާ ސާވިސް ވޯލްޑް ކޮންގްރެސްއަކީ ވައިގެ ސިނާއަތުގެ ވިޔަފާރިތަކުގެ މެދުގައި އޮންނަ ނެޓްވޯކިން ބައްދަލުވުމެކެވެ.

މި ކޮންގްރެސް ފުރަތަމަ ބާއްވާފައިވަނީ 2010 ވަނަ އަހަރުއެވެ. މިއީ މި ކޮންގްރެސް ބާއްވާ ހަތްވަނަ ފަހަރެވެ. މި ކޮންގްރެސްއާ އެކު، ރާއްޖޭގެ ވައިގެ ސިނާއަތަށް މުހިންމު ގިނަ ކަންތައްތައް މަގުފަހި ވެގެން ދާނެ ކަމަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ވަނީ ބުނެފައެވެ.