ގާތްގަނޑަކަށް 10 ބިލިއަން ޔުނީކު ޕާސްވާޑު ހިމެނޭ ޑޭޓާބޭސްއެއް ހެކިން ފޯރަމަކަށް ޝާއިޢުކޮށްފިއެވެ.

މިއީ މިހާތަނަށް ހެކިން ފޯރަމެއްގައި ޝާއިޢުކުރެވުނު އެންމެ ބޮޑު ޕާސްވާޑު ކޮމްޕައިލޭޝަން ކަމަށް ޓެކް ރިޕޯޓްތައް ބުނެއެވެ.

"އޯބާމާކެއާ" ގެ ނަމުގައި މަޝްހޫރު ޔޫޒަރަކު ޝާއިޢުކުރި މި ޑޭޓާބޭސްގެ ނަމަކީ "ރޮކީޔޫ2024.ޓެކްސްޓް" އެވެ. މިއީ ކުރިން ޝާއިޢުކުރެވުނު 8.4 ބިލިއަން ޕާސްވާޑު ހިމެނޭ "ރޮކީޔޫ2021" ގެ މައްޗަށް ބިނާކޮށް އިތުރަށް ފުރިހަމަކޮށްފައިވާ ކޮމްޕައިލޭޝަނެކެވެ.

މާހިރުން ވިދާޅުވާ ގޮތުގައި މި ޑޭޓާބޭސްއަކީ ހެކަރުންނަށް ވަރަށް ބޮޑު ބާރެއް ލިބިދޭނެ އެއްޗެކެވެ.

ރިޕޯޓުތަކުން ދައްކާ ގޮތުގައި 61އަކާއި 86 ޕަސަންޓު ޑޭޓާ ބްރީޗްތަކުގައިވަގަށްނަގާފައިވާ ނުވަތަ ލީކުވެފައިވާ ކްރެޑެންޝަލްސްބޭނުންކުރެއެވެ.

މި ލީކުގެ ސަބަބުން ޑޭޓާ ބްރީޗް ވުމާއި، މަކަރާއި ހީލަތުން ތަފާތު ސްކޭމް ތަކާއި ފްރޯޑްތައް ޖައްސައިގެން ފައިސާ އަތުލުމާއި އަދި އައިޑެންޓިޓީ ވައްކަންކުރުން ފަދަ ކަންކަން އިތުރުވެދާނެ ކަމަށް ބެލެވެއެވެ.

ޔޫޒަރުންނަށް އެމީހުންގެ ޕާސްވޯޑު ކޮމްޕްރޮމައިޒްވެފައިވޭތޯ ބެލުމަށްސައިބާނިއުސްގެލީކްޑް ޕާސްވާޑު ޗެކާ އަދި "ހޭވް އައި ބީން ޕޯންޑް" ފަދަ ޓޫލްތައް ބޭނުންކުރެވިދާނެއެވެ.

ޕާސްވޯޑެއް ކޮމްޕްރޮމައިޒްވެފައި ވާނަމަ އެ ޕާސްވޯޑު ވަގުތުން ބަދަލުކުރުމަށް ކަމާބެހޭ މާހިރުން ލަފާދެއެވެ.

ސެކިއުރިޓީ މާހިރުން އިރުޝާދުދެއްވާ ގޮތުގައި ކޮންމެ އެކައުންޓަކަށް ވަކި ޕާސްވޯޑެއް ބޭނުންކުރުމާއި، މަލްޓި-ފެކްޓާ އޮތެންޓިކޭޝަން އެކްޓިވޭޓްކުރުމާއި، ޕާސްވޯޑު މެނޭޖަރެއް ބޭނުންކުރުމަކީ މުހިންމު ކަމެކެވެ.

މި ލީކުން ސާބިތުކޮށްދެނީ ޑިޖިޓަލް ރައްކާތެރިކަމުގައި ޕާސްވޯޑު ސެކިއުރިޓީގެ މުހިންމުކަމެވެ.