19 Jun 2012, 14:23
ޗައިނާގެ ހަޔާންގައި ކުރިއަށްދާ ތިން ވަނަ އޭޝިއަން ބީޗް ގޭމްސްގައި ވާދަކުރި ރާއްޖޭގެ ގައުމީ އަންހެން ތްރީއޮންތްރީ ބާސްކެޓް ޓީމް ކުޅުނު ތިން މެޗުން ވެސް ބަލިވެ، މުބާރާތުން ކަޓައިފި އެވެ.
މުބާރާތުގައި ރާއްޖެ ކުޅުނު ތިން މެޗުގެ ތެރެއިން އެންމެ ފަހުން ކުޅުނު މެޗުން ބަލިވީ ތުރުކުމިނިސްތާނާ ވާދަކޮށް 8 ޕޮއިންޓް 13 ޕޮއިންޓުންނެވެ. ދެ ވަނަ މެޗުން ރާއްޖެ ބަލިވީ ޗައިނާއާ ވާދަކޮށް 4 ޕޮއިންޓް 13 ޕޮއިންޓުންނެވެ. އަދި ފުރަތަމަ މެޗުން ރާއްޖެ ބަލިވީ މޮންގޯލިއާ ވާދަކޮށް 8 ޕޮއިންޓް 9 ޕޮއިންޓުންނެވެ.
މުބާރާތުގައި ވާދަކުރުމަށް ޗައިނާއަށް ދިޔަ ރާއްޖޭގެ ގައުމީ ޓީމުގައި ހިމެނުނު ކުޅުން ތެރިންނަކީ ޒުލޭހާ އިބްރާހިމާއި އައިމިނަތު ޝިއުރާ އާއި ޝިޒްނާ ރަޝީދު އަދި ނަޝްފާ އާމިރާ އެވެ. އަދި ޓީމުގެ ކޯޗަކީ އަވައްޓެރި ސްރީލަންކާގެ ސުޕުން ވިމާލެވެ.
މުބާރާތުން އަލްވަދާއު ކިޔަންޖެހުނު ރާއްޖޭގެ އަންހެންޓީމް އެބުރި މާލެއައުމަށް ހަމަޖެހިފައި ވަނީ އަންނަ އާދިއްތަ ދުވަހުގ ރެ އެވެ.