ގަވާއިދާ ޚިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީން ދެނެގަތުމަށް ފުލުހުންނާ ގުޅިގެން އިމިގްރޭޝަނުން ކުރިއަށް ގެންދާ ޚާއްސަ އޮޕަރޭޝަނުން އަތުލައިގަނެވޭ ބިދޭސީންނަށް ގަވާއިދުގެ ތެރެއަށް ވަންނަން ފުރުސަތު ދޭނެ ކަމަށް އިމިގްރޭޝަނުން ބުނެފިއެވެ.

މި އޮޕަރޭޝަނީ ރާއްޖޭގައި ބިދޭސީންގެ އަދަދު އިންތިހާއަށް އިތުރުވެފައިވާއިރު، ގަވާއިދާއި ޚިލާފަށް އުޅޭ ބިދޭސީން ހޯދުމަށްޓަކައި ސަރުކާރުން ފަށާފައިވާ މަސައްކަތެކެވެ.

އެސްއެސްޓީވީގެ ބާރު ހަތަރެއް ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ސީނިއާ އިމިގްރޭޝަން އޮފިސަރު އިސްމާއިލް ޝަރީފް ވިދާޅުވީ، އިމިގްރޭޝަނުން ކުރެވޭ ރެއިޑްތަކުގައި އަތުލައިގަނެވޭ ބިދޭސީންގެ ކޮންމެ މީހަކީ އަނބުރާ ގައުމަށް ފޮނުވާލާނެ މީހެއް ނޫން ކަމަށެވެ.

އެގޮތުން ފުލުހުންނާ ގުޅިގެން އިމިގްރޭޝަނުން ކުރިއަށް ގެންދާ ޕްރޮގްރާމުން ބިދޭސީންނަށް ގަވާއިދަށް އުޅުމަށް މަގުފަހިވާނެ ކަމަށާއި ހޯމް މިނިސްޓްރީން ކުރިއަށް ގެންދާ ކުރަނގި އޮޕަރޭޝަނަކީ ވެސް ހަމަ އެފަދަ އޮޕަރޭޝަނެއް ކަަމަށް އޭނާ ވިދާޅުވިއެވެ.

ޝަރީފް ވިދާޅުވީ، މީގެ ކުރިން ވެސް އެ ފުރުސަތު އިމިގްރޭޝަނުން ފަހިކޮށްދީފައި ވާނެ ކަމަށެވެ. އަދި މިހާރުވެސް ހޯމް މިނިސްޓްރީގެ ދަށުން އެ ފުރުސަތުތައް ބިދޭސީންނަށް ފަހިވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

މި އޮޕަރޭޝަނުން ބިދޭސީން ގެންގުޅެން ބޭނުންވާ ފަރާތްތަކަށް ވެސް އެ ފުރުސަތު އެބައޮތް. އެހެންވީމަ އެ ފުރުސަތު އޮތް މިންވަރަކުން އެމީހަކު އަނބުރާ މުޖުތަމައުގައި މަސައްކަތްކުރުމަށް ފުރުސަތު ދެވޭނެ. އަދި ސައްހަ އެމްޕްލޯޔަރަކާ ހަވާލުކޮށްގެން ބިދޭސީން ރަނގަޅަށް ގެންގުޅުމަށް ނަސޭހަތްތެރިވެފައި ވެސް ހުންނާނެ،ސީނިއާ އިމިގްރޭޝަން އޮފިސާ އިސްމާއިލް ޝަރީފް

ޝަރީފް ވިދާޅުވީ ފުލުހުންނާ ގުޅިގެން ކުރިއަށް ގެންދާ ރެގިއުލަރައިޒޭޝަން ޕްރޮގްރާމްގެ ދަށުން ނުގަވައިދަށް އުޅޭ ބިދޭސީންނަށް އޮތް ފުރުސަތުތަކެއް ބެލުމަށްފަހު ސައްހަ ތަންތަނުގައި މަސައްކަތްކުރުމަށް އާ ވޯކް ޕާމިޓެއް ދޭނެ ކަމަށެވެ.

މީގެ ކުރިން އިމިގްރޭޝަނުން ބުނީ ގަވާއިދާ ޚިލާފަށް ރާއްޖޭގައި އުޅެމުން އައި 1800އަށް ވުރެ ގިނަ ބިދޭސީން މިހާތަނަށް ފުރުވައިލައިފައިވާ ކަމަށެވެ. އަދި މިދިޔަ މަހުގެ 29 ވަނަ ދުވަހު ކުރިއަށް ގެންދިޔަ އޮޕަރޭޝަންގައި ވެސް ނުގަވައިދުން އުޅޭ 83 ބިދޭސީން ހޯދައިފައިވާ ކަމަށް އިމިގްރޭޝަނުން ބުންޏެވެ.

އެއީ ކޮންޓްރޯލާ ޖެނެރަލް އޮފް އިމިގްރޭޝަން، މުޙައްމަދު ޝަމްޢާން ވަޙީދުގެ އިރުޝާދާ އެއްގޮތަށް، އިމިގްރޭޝަން އިސްވެ މޯލްޑިވްސް ޕޮލިސް ސާވިސްއާ ގުޅިގެން މި އަހަރު މިހާތަނަށް ކުރިއަށް ގެންދިޔަ އެންމެ ބޮޑު ރެއިޑް އޮޕަރޭޝަނެވެ.

އޭގެ ތެރޭގައި ސައްހަ ވިސާއެއް ނެތް ބިދޭސީންނާއި މަސައްކަތް ކުރުމަށް ހުއްދަ ހޯދާފައިވާ ތަން ނޫން އެހެން ތަނެއްގައި މަސައްކަތް ކުރަމުން އަންނަ ބިދޭސީންނާއި ހުއްދަ ދޫކުރެވިފައިވާ މަސައްކަތުގެ ބޭރުން އަމިއްލައަށް ވިޔަފާރި ކުރާ ބިދޭސީން ހިމެނެއެވެ.

ހޯމް މިނިސްޓަރު އަލީ އިހުސާން މީގެ ކުރިން ވިދާޅުވީ، ގަވާއިދާ ޚިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީން ދެނެގަނެ، އެ މީހުން ގަވާއިދަށް ފެއްތުމުގެ މަސައްކަތް ތިން އަހަރު ތެރޭގައި އެއްކޮށް ނިންމާލެވޭނެ ކަމަށެވެ. އަދި، މި އޮޕަރޭޝަންގެ މައިގަނޑު މަގުސަދަކީ ބިދޭސީން ހައްޔަރުކޮށް ޑީޕޯޓުކުރުން ނޫން ކަމަށާއި، ގަވައިދާ އެއްގޮތަށް ހުއްދަ ދެވެން ތިބި މީހުންނަށް ހުއްދަ ދިނުން ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.

ހަމައެއާއެކު ރާއްްޖޭގައި ބިދޭސީން ވިޔަފާރިކުރުން މަނާ 25 ދާއިރާއެއް އިކޮނޮމިކް މިނިސްޓްރީން ވެސް ވަނީ