ހުރިހާ އުމުރަކަށް ހުޅުވާލައިގެން އެލީޓް ރަނާސްއިން މި ފަހަރު ބޭއްވި 'ހުޅުމާލެ ރަން'ގެ އެވޯޑު ދިނުމުގެ ހަފުލާ މިއަދު ހަވީރު ބާއްވައިފިއެވެ.

ބޮޑު ތަރުހީބެއް ލިބިގެން ދިޔަ މި ދުވުން ބާއްވާފައި ވަނީ

ހުރިހާ އުމުރުފުރައަކަށް ހުޅުވާލައިގެން ކުރިއަށްގެންދިޔަ މި ދުވުމުގައި، އެއްވަނަ، ދެވަނަ، އަދި ތިންވަނަ ހޮވާފައިވަނީ ފަސް ކިލޯމީޓަރާއި 10 ކިލޯމީޓަރު ކެޓަގަރީންނާއި އޮފީސްތަކުގެ ކެޓަގަރީންނެވެ.

މިފަހަރުގެ ދުވުމުގައި 5ކޭ ކެޓަގަރީން ވަނީ 106 ބައިވެރިން ބައިވެރިވެފައެވެ. އަދި 10ކޭ ކެޓަގަރީން 104 ބައިވެރިން ވަނީ ބައިވެރިވެފައެވެ.

މިއަދުގެ ހަފުލާގައި އެ ކެޓަގަރީތަކުން ވަނަތަކަށް އައި ހުރިހާ ފަރާތްތަކަށް ހަނދާނީ ފިލައެއް ވަނީ ދީފައެވެ.

އެލީޓް ރަނާސްގެ 'ހުޅުމާލެ ރަން'ގެ އެވޯޑު ދިނުމުގެ ހަފްލާ: ދުވުމުގައި މަސައްކަތްކޮށްދެއްވި ފަރާތްތަކަށް ވަނީ ހަނދާނީ ލިޔުން ދީފައި -- ސަން ފޮޓޯ/ ނާއިޝް ނާހިދު

އޮފީސް ކެޓަގަރީން ވަނަވަނައަށް ދިޔަ ފިރިހެން ދުވުންތެރިން:

  • އެއްވަނަ: އެސްބީއައި
  • ދެވަނަ: އެމްއެސްއެސް
  • ތިންވަނަ: އޭޑީކޭ

އޮފީސް ކެޓަގަރީން ވަނަވަނައަށް ދިޔަ އަންހެން ދުވުންތެރިން:

  • އެއްވަނަ: އެމްއެސްއެސް
  • ދެވަނަ: އެފްއެސްއެމް

ފަސް ކިލޯމީޓަރުން ވަނަވަނައަށް ދިޔަ ފިރިހެން ދުވުންތެރިން:

  • އެއްވަނަ: މުހައްމަދު އިރުފާނު
  • ދެވަނަ: މުހައްމަދު ރަޝީދު
  • ތިންވަނަ: އާއިދު އަބްދުﷲ

އެލީޓް ރަނާސްގެ 'ހުޅުމާލެ ރަން'ގެ އެވޯޑު ދިނުމުގެ ހަފްލާ: ދުވުމުގެ ގޯލްޑް ސްޕޮންސާ ކަމަށްވާ ސްޓޭޓް ބޭންކް އޮފް އިންޑިއާ (އެސްބީއައި)އަށް ހަނދާނީ ލިޔުން ވަނީ ދީފައި -- ސަން ފޮޓޯ/ ނާއިޝް ނާހިދު

ފަސް ކިލޯމީޓަރުން ވަނަވަނައަށް ދިޔަ އަންހެން ދުވުންތެރިން:

  • އެއްވަނަ: އައިޝަތު ޖިނަނީ
  • ދެވަނަ: މަރިޔަމް އަބްދުލް ކަރީމް
  • ތިންވަނަ: އައިމިނަތު ލުމާ އަސްލަމް

10 ކިލޯމީޓަރުން ވަނަވަނައަށް ދިޔަ ފިރިހެން ދުވުންތެރިން:

  • އެއްވަނަ: ހުސެއިން ފަޒީލް
  • ދެވަނަ: ޝިފާޒް މުހައްމަދު
  • ތިންވަނަ: މުހައްމަދު ފަވާޒު

10 ކިލޯމީޓަރުން ވަނަވަނައަށް ދިޔަ އަންހެން ދުވުންތެރިން:

  • އެއްވަނަ: އައިޝަތު ރިޝްމީ
  • ދެވަނަ: ފާތިމަތު ނެލްފާ
  • ތިންވަނަ: އައިޝަތު ވިޝާމާ

އެލީޓް ރަނާސްގެ 'ހުޅުމާލެ ރަން'ގެ އެވޯޑު ދިނުމުގެ ހަފްލާ: ކޯ ފައުންޑާ އެންޑް ޕްރެޒިޑެންޓް އޮފް އެލީޓް ރަނާސް އަހުމަދު ޝަރަފް ވާހަކަދައްކަނީ -- ސަން ފޮޓޯ/ ނާއިޝް ނާހިދު

މި ހަފުލާގައި ވާހަކަދައްކަވަމުން އެލީޓް ރަނާސްގެ ކޯ ފައުންޑަރު އަދި ރައީސް އަހުމަދު ޝަރަފް ވިދާޅުވީ އެއީ ވަރަށް ކާމިޔާބުކަމާއެކު ނިންމާލެވުނު ދުމުވެއް ކަމަށެވެ. އަދި އެކަން ކާމިޔާބުވީ ހުރިހާ ބައިވެރިންގެ ވެސް މަސައްކަތުން ކަމަށް އޭނާ ވިދާޅުވިއެވެ.

ޝަރަފް ވަނީ ދުވުން ކާމިޔާބުވި ކަމަށްޓަކައި މި ދުވުމުގެ ގޯލްޑް ސްޕޮންސާ ކަމަށްވާ ސްޓޭޓް ބޭންކް އޮފް އިންޑިއާ (އެސްބީއައި) އަށް ޝުކުރުއަދާކުރައްވާފައެވެ.

ވޮލަންޓިއަރުންގެ ގޮތުގައި ބައިވެރިވި ގާލްގައިޑް އެސޯސިއޭޝަން އަދި މޯލްޑިވްސް ނެޝަނަލް ކެޑޭޓް ކޯ އިން ވެދިން އެހީތެރިކަމާއި ގާތްކަމަށް ޝުކުރުއަދާކުރަން. އުންމީދުކުރަނީ ދެން ބާއްވާ ރަންގައި ވެސް އެ ދެ ފަރާތުން ބައިވެރިވެ އެހީތެރިކަން ފޯރުކޮށްދެއްވާނެ ކަމަށް. ހަމައެއާއެކު އެލީޓް ރަނާސްގެ މެންބަރުންގެ ފަރާތުން ރަން ލޯންޗުކުރި ހިސާބުން ފެށިގެން ނިމެންދެން ވަރުބަލިކަމެއް ނެތި ކުރި މަސައްކަތަށް ޝުކުރު ދަންނަވަން،އެލީޓް ރަނާސްގެ ރައީސް އަހުމަދު ޝަރަފް

ޝަރަފް ވިދާޅުވީ އެލީޓް ރަނާސްގެ އެނިވާސަރީ ނައިޓް ކަމަށްވާ ސެޕްޓެމްބަރު މަހުގެ 19 ވަނަ ދުވަހު، އަންނަ އަހަރު ބާއްވާ ހުޅުމާލެ ރަންގެ ތާރީޚު އިއުލާނު ކުރާނެ ކަމަށެވެ.

މި ހަފުލާގައި އެލީޓް ރަނާސްގެ މެންބަރުންނާއި، ދުވުމުގެ ޕާޓްނަރުންނާއި ވޮލަންޓިއަރުންނަށް ވެސް ވަނީ ސެޓްފިކެޓް ދީފައެވެ.

އެލީޓް ރަނާސްގެ 'ހުޅުމާލެ ރަން'ގެ އެވޯޑު ދިނުމުގެ ހަފްލާ: ފަސް ކިލޯމީޓަރުން ދެވަނައަށް ދިޔަ މުހައްމަދު ރަޝީދު (މޯޑު) ވާހަކަދައްކަނީ -- ސަން ފޮޓޯ/ ނާއިޝް ނާހިދު

ފަސް ކިލޯމީޓަރުން ދެވަނައަށް ދިޔަ މުހައްމަދު ރަޝީދު (މޯޑު) ބުނިގޮތުގައި އެލީޓް ރަނާސްއިން މިފަދަ ރަންއެއް ބޭއްވުމަކީ އޭނާ ވަރަށް ދެކެން ބޭނުންވި ދުވަހެކެވެ. އެގޮތުން މި ރަން ބޭއްވީ ޓީމު މެންބަރުންގެ ވަރަށް ބޮޑު އެއްބާރުލުމަކާއެކު ކަމަށް އޭނާ ބުންޏެވެ.

މާބޮޑަށް ރަންގެ އޮގަނައިޒްކުރުމުގެ ކަންކަމުގައި ނޫޅެވުނު ނަމަވެސް ރަންގެ 5ކޭގައި ބައިވެރިވުމުން ވަރަށް ބޮޑު ސަޕްރައިޒެއް ލިބިގެން ދިޔައީ. އަޅުގަނޑު އެދެނީ އެހެން ފަރާތްތަކުން ވެސް މިފަދަ ރަންތައް ބޭއްވުން. ވަރަށް ބޮޑަށް ޝުކުރިއްޔާ އެލީޓް ރަނާސްއަށް މިފަދަ ރަންއެއް ބޭއްވީތީ،މުހައްމަދު ރަޝީދު (މޯޑު)

ހަމައެއާއެކު 10ކޭ ކެޓަގަރީން ދެވަނައަށް ދިޔަ ފާތިމަތު ނެލްފާ ބުނި ގޮތުގައި މިއީ ވަރަށް އިންތިޒާމްތައް ފުރިހަމަ ދުވުމެކެވެ. އޭނާ ބުނީ މާލޭގައި ބާއްވާ ގިނަ ދުވުންތަކުގައި އޭނާ ބައިވެރިވާ ކަމަށާއި އެ ހުރިހާ ދުވުންތަކެއްގެ ތެރެއިން ވެސް މި ދުވުމަކީ ފާހަގަކޮށްލެވޭ ދުވުމެއް ކަމަށެވެ.

އެލީޓް ރަނާސްގެ 'ހުޅުމާލެ ރަން'ގެ އެވޯޑު ދިނުމުގެ ހަފްލާ: 10ކޭ ކެޓަގަރީން ދެވަނައަށް ދިޔަ ފާތިމަތު ނެލްފާ ވާހަކަދައްކަނީ -- ސަން ފޮޓޯ/ ނާއިޝް ނާހިދު

މި ދުވުމުން ވަނަތަކަށް ދިޔަ ދުވުންތެރިންނަށް ވަނީ ފައިސާގެ އިނާމު ދީފައެވެ.

އެގޮތުން، 10 ކިލޯމީޓަރުގެ ދުވުމުން އެއްވަނައަށް 7500 ރުފިޔާ، ދެވަނައަށް 5000 ރުފިޔާ އަދި ތިންވަނައަށް 3500 ރުފިޔާ ވަނީ ދީފައެވެ.

ފަސް ކިލޯމީޓަރުގެ ދުވުމުން އެއްވަނައަށް 5000 ރުފިޔާ، ދެވަނައަށް 3500 ރުފިޔާ އަދި ތިންވަނައަށް 2500 ރުފިޔާ ވަނީ ދީފައެވެ.

އެލީޓް ރަނާސްއަކީ ދުވުންތެރިންނަށް ތަމްރީނު ދިނުމަށް، 2019 ވަނަ އަހަރު އުފައްދާފައިވާ އެސޯސިއޭޝަނެކެވެ.