04 Jul 2024, 07:00
މީގެ ކުރިން ވެސް ބޮލީވުޑްގެ ބައެއް ފިލްމުތަކުން ފެނިފައިވާ ޕާކިސްތާނުގެ މަޝްހޫރު އެކްޓަރު ފަވާދު ޚާން އިތުރު ބޮލީވުޑު ފިލްމަކަށް ތައްޔާރުވަމުން އަންނަ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.
ފިލްމީ ޚަބަރުތައް ގެނެސްދޭ ބައެއް ނޫސްތަކުން ބުނެފައިވާ ގޮތުގައި ވަކި ނަމެއް ހަމަޖެހިފައިނުވާ މި ފިލްމުގެ ބަތަލާއަކީ ވާނީ ކަޕޫރެވެ. މި ފިލްމަކީ އިންޓަނޭޝަނަލް ޕްރޮޖެކްޓެއް ކަމަށާއި ފިލްމާ ގުޅުންހުރި ގިނަ މައުލޫމާތުތައް ސިއްރު ކުރެވިފައިވާއިރު މިހާތަނަށް ހާމަލުރި މައުލޫމާތުތަކުން އެނގޭގޮތުގައި މި ފިލްމުގެ ހުރިހާ މަންޒަރެއް ވެސް ނެގުމަށް ހަމަޖެހިފައިވަނީ އިނގިރޭސިވިލާތުގައެވެ.
ރޮމޭންޓިކް ކޮމެޑީއެއް ކަމަށް ބެލެވޭ މި ފިލްމުގެ ވާހަކަ ބިނާކޮށްފައިވަނީ މާޒީގައި ލޯބީގެ ހިތި ތަޖުރިބާތަކެއް ކުރި ދެ މީހަކު ބައްދަލުވެ މާޒީގައި ދިމާވި ހިތްދަތިކަމުން އަރައިގަންނަން އެކަކު އަނެކަކަށް އެހީތެރިވުމުގެ ތެރޭ ލޯބީގެ ޖަޒުބާތުގައި ޖެހި ދިމާވާ ހާދިސާތަކެއްގެ މައްޗަށް ކަމަށް މީޑިއާ ރިޕޯޓުތައް ބުނެއެވެ.

ޕާކިސްތާނުގެ ބަތަލާ މާހިރާ ޚާން އަދި އެކްޓަރު ފަވާދު ޚާން--ފޮޓޯ/އިންޑިއާޓީވީ
ޕާކިސްތާނުގެ އެންމެ ނުފޫޒު ގަދަ އަދި އޭޝިއާގެ ގައުމުތަކުގައި ބޮޑު މަގުބޫލުކަމެއް ހޯދާފައިވާ ފަވާދު ވަނީ ބޮލީވުޑްގެ ތިން ފިލްމެއްގައި މަސައްކަތް ކޮށްފައެވެ. އެއީ، ބަތަލާ ސޯނަމް ކަޕޫރްއާ އެކު ކުޅުނު ފިލްމު "ހޫބުސޫރަތު"، "ދަރުމާ ކުންފުނީގެ ފިލްމުތައް ކަމަށްވާ "ކަޕޫރު އެންޑް ސަންސް" އަދި "އޭ ދިލްހެ މުޝްކިލް"އެވެ.