ކޮމާންޑާ އިސްމާއީލް ދީދީގެ ހަނދާނީ ވާދައިގެ ތައްޓަށް ކުޅޭ ސިފައިންގެ ޔުނިޓްތަކުގެ މެދުގައި ބާއްވާ 12 ވަނަ ފުޓްބޯޅަ މުބާރާތުގެ މެޗުތައް ފަށައިފި އެވެ.

މުބާރާތް ފެށުމުގެ ގޮތުން އިއްޔެ ހެނދުނު އެއް ނަންބަރު ޓާފް ދަނޑުގައި ކުޅުނު ފުރަތަމަ ޑިވިޜަންގެ ފުރަތަމަ މެޗުގައި ކޯސްޓްގާޑާއި، އީއެމްއީ ބައްދަލުކޮށް 0-2 މެޗް ކާމިޔާބުކުރީ ކޯސްޓްގާޑްއެވެ. މެޗުގެ މޮޅުކުޅުންތެރިއާގެ މަޤާމަށް ހޮވިފައި ވަނީ ކޯސްޓްގާޑް ޓީމްގެ ޝައްފާފު އަހުމަދު އެވެ.

އިއްޔެ ކުޅެވުނު ދެވަނަ މެޗުގައި ބައްދަކުރީ ދެވަނަ ޑިވިޒަނުގެ ސަޕްލައި ޔުނިޓާއި، ސިފްކޯ އެވެ. މިމެޗް 2-5 ކާމިޔާބުކުރީ ސަޕްލައި ޔުނިޓްއެވެ. މެޗުގެ މޮޅުކުޅުންތެރިޔާގެ މަޤާމަށް ހޮވިފައި ވަނީ ސަޕްލައި ޔުނިޓުގެ ޓީމަށް ތިން ލަނޑު ޖަހައިދިން ކޯޕްރަލް ނޫޙް ޔޫސުފް އެވެ.

އެމްއެންޑީއެފް އިން ބުނީ މިމުބާރާތުގައި 23 ޓީމަކުން ބައިވެރިވެފައިވާ އިރު، އެއީ ފުރަތަމަ ޑިވިޜަންގެ 10 ޓީމާއި، ދެވަނަ ޑިވިޜަންގެ 13 ޓީމް ކަމަށެވެ.

މުބާރާތުގައި މިއަދު ވެސް ތިން މެޗު ކުޅުމަށް ވަނީ ހަމަޖެހިފަ އެވެ.

ކޮމާންޑާ އިސްމާޢީލް ދީދީގެ ހަނދާނީ ވާދައިގެ ތައްޓަށް ބޭއްވޭ އިންޓަރ ޔުނިޓް 12 ވަނަ ފުޓްބޯޅަ މުބާރާތް އިއްޔެ ފެށި ކަމުގައި ވިޔަސް، މުބާރާތް ރަސްމީކޮށް ހުޅުވުމުގެ ރަސްމިއްޔާތު ބާއްވާފައި ވަނީ ރޭ އެއްނަންބަރު ޓާފް ދަނޑުގައެވެ.