މަސްވެރިންނަށް ނުދެވި ހުރި 53 މިލިއަން ރުފިޔާ މިއަދު ދޫކުރަން ފަށައިފައިވާ ކަމަށް ސަރުކާރުގެ މަސް ކުންފުނި މިފްކޯއިން ބުނެފިއެވެ.

މިފްކޯއިން މީޑިއާތަކާ ހިއްސާކުރި މެސެޖެއްގައި ބުނި މިއަދު ޖަމާކުރަން ފަށައިފައި ވަނީ މިދިޔަ ބުރާސްފަތި ދުވަހުގެ ނިޔަލަށް އޮޑިވެރިންނަށް ދައްކަން ޖެހޭ ފައިސާ ކަމަށެވެ.

މިފްކޯއިން އެފަދައިން ބުނީ، އެ ކުންފުނިން ދެން މަސް ގަންނާނީ ބައިނަލްއަގުވާމީ ބާޒާރުގައި ބައިނަލްއަގުވާމީ ބާޒާރުގައި ގަނޑުކުރި ކަޅުބިލަމަހުގެ އަގު ހުރި މިންވަރަށާއި މަސް ގަނެ އެކްސްޕޯޓުކުރުމަށް ހިނގާނޭ ޚަރަދުތަކަށް ބަލައި ކޮންމެ ހަފުތާއަކު ކަނޑައަޅާ އަގެއްގައި ކަމަށް އިއްޔެ އިއުލާންކުރުމަށް ފަހުގައެވެ.

އެ ބަދަލުގެ ދަށުން، އަންނަ ހުކުރު ދުވަހުގެ ނިޔަލަށް މަސް ގަންނަ އެންމެ އެވެ.

މިއަދު ފިޝަރީސް މިނިސްޓަރު އަހުމަދު ޝިޔާމް ވަނީ، އެ ބަދަލާއެކު މަސްވެރިން ކިރާ މަހަށް ފައިސާ ދޫކުރެވޭނީ ދެ ހަފުތާތެރޭ ކަމަށް ވިދާޅުވެފައެވެ.

މަސްވެރިންގެ އަތުން މަސް ކިރުމަށް ފަހު ފައިސާ ނުދީ ގިނަ ދުވަސްވާތީ މިދިޔަ ހަފުތާގައި އައްޑޫއާއި ދ. ކުޑަހުވަދޫގައި މަސްވެރިން މުޒާހަރާ ކުރިއެވެ.