މާލޭގައި މިއަދު ދުއްވާފައި ދިޔަ ސިއިކަލެއް ކޮންޓްރޯލުން ނެއްޓި ފިހާރައެއްގެ ބިއްލޫރި ގަނޑުގައި ޖެހި ސައިކަލް ދުއްވަން އިންމީހަށް އެކި ވަރުގެ އަނިޔާވެއްޖެ އެވެ.

ފުލުހުންގެ ބުނީ މިއަދު އިރުއޮއްސި 6:30 އެހާކަން ހާއިރު އެ އެކްސިޑެންޓް ހިނގީ ބަޑިފަސްގަނޑު ހިނގުމުން ދުއްވާފަިއ ދިޔަ ސައިކަލެއް ސެވަން ވީކު ނަމަކަށް ކިޔާ ފިހާރައިގެ ބިއްލޫރި ގަނޑުގައި ޖެހިގެން ކަމަށާއި އެ އެކްސިޑެންޓުގައި ސައިކަލް ދުއްވަން އިންމީހާއަށް އެކި ވަރުގެ އަނިޔާ ލިބި އައިޖީއެމްއެޗުން ފަރުވާދީފައިވާ ކަމަށެވެ.

"މިހާރު ފަރުވާ ދިނުމަށް ފަހު އޭނާވަނީ ހޮސްޕިޓަލުން ވަނީ ދޫކޮށްލާފައި، ސީރިއަސް އަނިޔާތަކެއް ނުލިބޭ،" ފުލުހުންގެ މީޑިޔާ އޮފިޝަލް ސަބް އިންސްޕެކްޓާ ހަސަން ހަނީފް ވިދާޅުވި އެވެ.

ފުލުހުން ބުނީ 33 އަހަރުގެ އެ ޒުވާނާ ދުއްވި ސައިކަލުން ޖެހި އެ ފިހާރައިގެ ބިއްލޫރިގަނޑު އެކީއެކަށްހެން ތެޅިފައިވާ ކަމަށެވެ. އެ މައްސަލަ ފުލުހުން ބަލަމުން އަންނަ ކަމަށްވެސް ބުންޏެވެ.