18 Jun 2012, 19:10
ޕާރްޝަލެއްގައި މަސްތުވާތަކެތި ފޮރުވައިގެން އުޅުނު މީހަކު ހައްޔަރުކޮށްފި އެވެ.
ފުލުހުން ބުނީ މިދިއަ ބުރާސްފަތި ދުވަހު ދ. ކުޑަހުވަދޫ ފުލުހުން އެމީހާ ހައްޔަރު ކުރީ ޕާރްސަލެއްގެ ތެރޭގައި މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް އަޅާފައިހުރި ދެ ރަބަރު ޕެކެޓް ފޮރުވައިގެން އުޅެނިކޮށް ކަމަށެވެ.
އުމުރުން 23 އަހަރުގެ އެމީހާ ފުލުހުންނަށް ފެނިފައި ވަނީ ކުޑަހުވަދޫ ބަނދަރުގައި އޮތް ދޯންޏަކުން ޕާރްޝަލު ހިފައިގެން ދަނިކޮށް އެ ރަށުގެ ބަނދަރު ސަރަހައްދުންނެވެ. މި މައްސަލަ ފުލުހުން ގެންދަނީ އިތުރަށް ބަލަމުންނެވެ.