01 Jul 2024, 12:48
އެޕަލްގެ އާދަޔާޚިލާފު އުފެއްދުމެއް ކަމަށްވާ އެޕަލް ވިޝަން ޕްރޯއަށް އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) އިންޓަގްރޭޓްކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ޓެކް ރިޕޯޓްތައް ބުނެފިއެވެ.
ވިޝަން ޕްރޯގެ އޭއައި ޕްލޭންތަކަކީ އެޕަލްގެ އައިފޯނާއި އައިޕެޑް އަދި މެކްގައި އެޕަލް އިންޓެލިޖެންސުން ކުރިން ތައާރަފުކުރި ލޯންޗްތަކަށް ވުރެ ވެސް ފުޅާ ޕްލޭންތަކެކެވެ.
ބްލޫމްބާގްގެ މާކް ގުރްމަން ބުނި ގޮތުގައި އެޕަލް ކުންފުނީގެ ވިޝަން ޕްރޯ ހެޑްސެޓްތަކަށް މިހާރު މި ފީޗާތައް ގެނައުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ.
އެކަމަކު، މި ވާހަކަތައް މީޑިއާގައި ފެންމަތިވި ނަމަވެސް އެޕަލް އިންޓެލިޖެންސް އިން ވިޝަން ޕްރޯގައި މި އަހަރު އޭއައިގެ ޚިދުމަތް ލޯންޗުނުކުރާނެ ކަމަށް ޓެކް ރިޕޯޓުތައް ބުނެއެވެ.
އެޕަލްއިން ފިހާރަތަކުގައި ހެޑްސެޓް ޑިމޯކުރާ ގޮތަށް ވެސް ބަދަލުތަކެއް ގެނައުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށާއި، ވިޝަން ޕްރޯއިން މީޑިއާ ބެލުމުގެ ގާބިލުކަން އިތުރުކޮށް، ސޯލޯ ލޫޕުން ޑުއަލް ލޫޕަށް ހެޑްބޭންޑް ވެސް ބަދަލުކުރަމުން އަންނަ ކަމަށް ރިޕޯޓުތައް ބުނެއެވެ.
އެޕަލްގެ އެނަލިސްޓް މިންގް-ޗީ ކުއޯގެ އެންމެ ފަހުގެ ސަޕްލައި ޗެއިން ސާވޭގެ ސަބަބުން 2026 ވަނަ އަހަރުގެ ތެރޭގައި އިންފްރާރެޑް ކެމެރާތަކާ އެކު އެއާޕޮޑްސް ގަނޑުކޮށް އުފެއްދުމުގެ ވިސްނުން ގެންގުޅޭ ކަމަށް އޭނާ ގަބޫލުކުރެއެވެ.