30 Jun 2024, 12:54
ހަކުރު ބައްޔާއި ކިޑްނީގެ ބަލިތަކާއި، ހިތުގެ ބަލިތަކަށް ޚާއްސަ ބޭސްތަކާމެދު ރާއްޖޭގެ ޑޮކްޓަރުންނާއި ނަރުހުންގެ ހޭލުންތެރިކަން އިތުރު ކުރުމަށް އެސްޓީއޯ މެޑިކަލް ސާވިސަސްއިން ޚާއްސަ ކޮންފަރެންސެއް ބާއްވައިފިއެވެ.
އެސްޓީއޯއިން މިދިޔަ އަހަރު ސެޕްޓެމްބަރު މަހު ރާއްޖެއަށް ތައާރަފްކުރި އެސްޓްރާޒެނެކާ ބްރޭންޑްގެ ބޭސްތަކުގެ ތެރެއިން ހަކުރުބަލީގެ ދެވަނަ ސްޓޭޖްގެ ބަލިމީހުންނަށް ފަރުވާކުރުމަށް ޚާއްސަ އެއްބޭހަކީ ލޭގައި ހިމެނޭ ގުލޫކޯޒް ލެވެލް ކޮންޓްރޯލް ކުރުމަށް މުހިއްމު ރޯލެއް އަދާ ކުރާ ބޭހެއްކަމުގައި އެމެރިކާގެ އެފްޑީއޭއިން ވަނީ ނިންމައިފައެެވެ..
އެއާއެކު މި ކޮންފަރެންސްގެ މައިގަނޑު މަގުސަދަކީ އެއާ ގުޅޭ މުހިއްމު މައުލޫމާތު ރާއްޖޭގެ ސިއްހީ ދާއިރާގެ މަސައްކަތްތެރިންނަށް ފޯރުކޮށްދިނުމެވެ.

އެސްޓީއޯ މެޑިކަލް ސާވިސަސް އިން ބޭއްވި ކޮންފަރެންސްގެ ތެރެއިން --
މި ކޮންފަރެންސްގައި 100 އަށްވުރެ ގިނަ ސީއްހީ ދާއިރާގެ މަސައްކަތްތެރިން ބައިވެރިވިއެވެ. އަދި ރާއްޖޭގެ ފުންނާބު އުސް ޑޮކްޓަރުން ކަމުގައިވާ ޑރ. މުހައްމަދު ސިރުހާން، ޑރ. އިބްރާހިމް ޝިހާމް، އަދި ޑރ. ޝަނީޒް ނަޖްމީ ވަނީ ހަކުރު ބަލި، ކިޑްނީ އަދި ހިތުގެ ބަލިތަކާއި ބެހޭ މުހިއްމު މައުލޫމާތު ހިއްސާ ކުރައްވާފައެވެ.

އެސްޓީއޯ މެޑިކަލް ސާވިސަސް އިން ބޭއްވި ކޮންފަރެންސްގެ ތެރެއިން --
އެސްޓީއޯ މެޑިކަލް ސާވިސަސްއަކީ އަބަދުވެސް ސިއްހީ ދާއިރާގައި މަސައްކަތް ކުރައްވާ ބޭފުޅުންނަށް ދާއިރާއާ ގުޅޭ އެންމެ ފަހުގެ މައުލޫމާތު ހިއްސާކޮށްދީ ދާއިރާ ކުރިއެރުވުމަށް ގިނަ މަސައްކަތްތަކެއް ކުރާ ކުންފުންޏެކެވެ.
އެސްޓީއޯ މެޑިކަލް ސާވިސަސް ގެ މައިގަނޑު މަގުސަދަކީ ދިވެހި ރައްޔިތުންނަށް ފެންވަރު ރަނަގަޅު ބޭހާއި ވަސީލަތްތައް ފޯރުކޮށްދީ ސިއްހީދާއިރާގެ ފެންވަރު އިތުރައް ކުރިއެރުވުން ކަމަށް އެ ކުންފުނިން ބުނެއެވެ.