29 Jun 2024, 16:08
ތަޖުރިބާކާރު ގިނަ ކުޅުންތެރިންތަކެއް ޑެންމާކްގެ ސްކޮޑުގައި އެކުލެވިގެންވާ ކަމަށާއި، ޖަރުމަނަށް އެ މެޗު ހުރިހާ ގޮތަކުންވެސް އުނދަގޫވާނެ ކަމަށް ކޯޗު ހޫލިއަން ނާގަލްސްމަން ބުނެފިއެވެ.
ޔޫރޯ 2024 ގެ ގަދަ 16 ގެ ބުރުގައި މިރޭ ޑެންމާކާ ދެކޮޅަށް ކުޅުމަށް ހަމަޖެހިފައިވާ މެޗުގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަމުން ނާގަލްސްމަން ބުނީީ ޑެންމާކަކީ ވަރަށް އޯގަނައިޒްކޮށް ކުޅޭ ޓީމެއް ކަމަށެވެ.
ޑެެންމާކުން މިހާތަނަށް ކޮންމެ މެޗެއްގައި އެގްރެސިވްކޮށް ޑިފެންސްކުރާ ކަމަށާއި އެއަށްފަހު ވަން-ޓަޗް ވަރުގަދަ އެޓޭކްތައް ކޮށްފައިވާ ކަމަށެވެ. އަދި މެޗު ފަސޭހަކޮށް ނުނަގާނެ ކަމަށް ނާގަލްސްމަން ބުންޏެވެ.
ނާގަލްސްމަން ބުނީ މުބާރާތުގެ ގްރޫޕް ސްޓޭޖު އެ ޓީމަށް ފެނުނީ ވަރަށް ޝައުގުވެރިކޮށް ކަމަށާއި، އެ ތިން މެޗުގައި މިހާތަނަށް ތަފާތު ތަޖުރިބާތަކެއް ކޮށްފައިވާ ކަމަށެވެ. އެގޮތުން އުނދަގޫ ހާލަތްތަކުން އަރައިގަނެ އެކަމުން ފިލާވަޅު ލިބިގަތުމުގެ މުހިއްމުކަން އެނގިގެންގޮސްފައިވާ ކަމަށް ނާގަލްސްމަން ބުންޏެވެ.
ލުވުމުގައެވެ.
ޖަރުމަނުގެ މިޑްފީލްޑަރު، ރޮބަޓް އަންޑްރިކް ބުނީ، ގިނަ އަދަދެއްގެ ސަޕޯޓަރުންގެ ކުރިމަތީގައި ކުޅުމަށް ބޭނުންވާ ކަމަށާއި، ޑެންމާކާ ދެކޮޅަށް ކުޅޭ މެޗު ވާނީ ޝައުގުވެރި، ބަލާހިތްވާ ކަހަލަ މެޗަކަށް ކަމަށާއި، އެހާ ގިނަ އަދަދެއްގެ ސަޕޯޓަރުންގެ ފަރާތުން ބޮޑު ތަރުހީބެއް ލިބި ވަރަށް ބޮޑަށް ނަތީޖާ ނެރުމަށް ފަސޭހަވެގެންދާނެ ކަމަށެވެ.
ޔޫރޯ ފުޓުބޯޅަ މުބާރާތުގެ ގަދަ 16 ގެ ބުރުގައި ޑެންމާކާ ދެކޮޅަށް ޖަރުމަނު ކުޅުމަށް ހަމަޖެހިފައިވާ މެޗު ފަށާނީ ރާއްޖެގަޑިން މިރޭ 12 ޖަހާއިރުއެވެ.