18 Jun 2012, 16:28
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދުގެ ގެކޮޅުގައި ހަރުކޮށްފައި އިން ކެމެރާއެއް ވަގަށް ނެގި މައްސަލައެއް ފުލުހުން ތަހުގީގުކުރަން ފަށައިފި އެވެ.
ފުލުހުން ވެސް ވަނީ ރައީސް ވަހީދުގެ އަމިއްލަ ގެކޮޅު މއ. ޔުރީކާ އިން ކެމެރާއެއް ވަގަށް ނެގިކަން ޔަގީންކޮށްދީފަ އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލު ވިދާޅުވީ އެ މައްސަލަ ރިޕޯޓުކޮށްފައި ވަނީ ރޭ 8:00 ޖަހާކަންހާއިރު ކަމަށެވެ. ނަމަވެސް މައްސަލައާ ގުޅިގެން މިހާތަނަށް މީހަކު ހައްޔަރުކޮށްފައެއް ނުވެ އެވެ.
ސަން އަށް އެނގިފައިވާ ގޮތުގައި ވަގަށް ނަގާފައި ވަނީ އެގޭގެ ފުރަތަމަބުރީގައި ހަރުކޮށްފައި ހުރި ކެމެރާއެކެވެ. އަދި އެގެއަކީ ސެކިއުރިޓީން ތިބޭ ގެއެއް ނޫނެވެ.
އަދި ރައީސް ވަހީދު ނިސްބަތްވެ ވަޑައިގަންނަވާ ގައުމީ އިއްތިހާދު ޕާޓީގެ އޮފީސް ވެސް ހިނގަމުންދާ އެ އިމާރާތުގައި ރައީސް ވަހީދުގެ ދަރިއެއް ވެސް ދިރިއުޅެމުންދެ އެވެ.