28 Jun 2024, 14:15
ވިޒިޓް މޯލްޑިވްސްއާއި މަންތާ އެއާ ގުޅިގެން އިންޑިއާގެ ބެންގަލޫރުގައި ކުރިއަށް ގެންދިޔަ 'އެކްސްޕްލޯރާ މޯލްޑިވްސް ރޯޑްޝޯ' ކާމިޔާބުކަމާ އެކު ނިންމާލާފައިވާ ކަމަށް މިއަދު އެ ކުންފުނިން ބުނެފިއެވެ.
މި ރޯޑްޝޯ ބާއްވާފައިވަނީ މިދިޔަ ބުދަ ދުވަހު ޕްރިސްޓީޖިއަސް ޝަންގްރިއްލާ ބެންގަލޫރު، އިންޑިއާގައެވެ.
އިންޑިޔާގެ ފަތުރުވެރިން އިތުރުކޮށް، އިންޑިއާގެ ދަތުރުވެރިންގެ މަސްލަހަތު އަލުން ހަރުދަނާކުރުމުގެ މަގުސަދުގައި ކުރިއަށް ގެންދިޔަ މި ރޯޑްޝޯގެ ސަބަބުން އިންޑިއާގެ ރިސޯޓްތަކާއި، ގެސްޓް ހައުސްތަކާއި، އިންޑިއާގެ ޓްރެވަލް އިންޑަސްޓްރީގެ އިސް ފަރާތްތަކުގެ މެދުގައި ރަނގަޅު ފުރުސަތުތަކެއް ވަނީ ފަހިކޮށްދީފައެވެ.
މި ރޯޑްޝީގައި 130 އަށް ވުރެ ގިނަ އެޖެންޓުންނާއި މީޑިއާ ފަރާތްތަކުން ވަނީ ބައިވެރިވެފައެވެ. މި ހަރަކާތުގައި ރާއްޖޭގެ ބޮޑެތި ވިޔަފާރިވެރިންގެ އިތުރުން ރާއްޖޭގެ ރިސޯޓްތަކާއި ގެސްޓް ހައުސްތަކުގެ އިތުރުން ޓްރެވަލް އެޖެންޓުންނާއި ޓުއާ އޮޕަރޭޓަރުން ވަނީ ބައިވެރިވެފައެވެ. މީގެ އިތުރުން ބައިވެރިވެފައިވަނީ:
އިންޑިއާގެ މައިސް ޓްރެވަލް އޯގަނައިޒަރުން
- ޓްރެވަލް އެޖެންޓްސް އެސޯސިއޭޝަން އޮފް އިންޑިއާ (ޓީއޭއޭއައި)
- ކަރްނާޓަކާ ޗެޕްޓާއާއި ޓްރެވަލް އެޖެންޓްސް ފެޑެރޭޝަން އޮފް އިންޑިއާ (ޓާފީ)
- ކަރްނާޓަކާ ޗެޕްޓާ

އިންޑިއާގައި ކުރިއަށްދިޔަ 'އެކްސްޕްލޯރާ މޯލްޑިވްސް ރޯޑްޝޯ': މި ރޯޑްޝީގައި 130 އަށް ވުރެ ގިނަ އެޖެންޓުންނާއި މީޑިއާ ފަރާތްތަކުން ބައިވެރިވި -- ފޮޓޯ/ އެމްއެމްޕީއާރްސީ
މި ރޯޑްޝޯ ރަސްމީކޮށް ހުޅުވައިދެއްވީ މޯލްޑިވްސް މާކެޓިން އެންޑް ޕީއާރު ކޯޕަރޭޝަން (އެމްއެމްޕީއާރުސީ)ގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު ޒިހުނީ ރަޝީދެވެ.
ޒިހުނީ ވިދާޅުވީ، އިންޑިއާއާއި ރާއްޖެއިން ގާތް ރަހުމަތްތެރިންގެ ގޮތުގައި އޮތުމުން ދިވެހިންގެ ސަގާފަތްތަކާއި ގުޅިގެން ދިޔުމަކީ ވަރަށް މުހިންމު ކަމެއް ކަމަށެވެ.
ބެންގަލޫރާ ރާއްޖެއާ ދެމެދު މަންތާ އެއާއިން އާންމުކޮށް ކުރާ ސީދާ ދަތުރުތަކަކީ ހަމައެކަނި ކަނެކްޓިވިޓީ ރަނގަޅުކުރުމުގެ އިތުރުން އެކްސެސިބިލިޓީ ވެސް ރަނގަޅުކޮށް، އިންޑިއާގެ ޓޫރިސްޓުންނަށް އަޅުގަނޑުމެންގެ ގޮނޑުދޮށްތަކަށް ދިއުމަށް ލިބިގެންދާނެ ފަސޭހައެއް. އަދި އެއާ ޚިލާފަށް އެއީ އަޅުގަނޑުމެންނަށް ލިބިގެންދާނެ ވަރަށް ބޮޑު ކުރިއެރުމެއް،އެމްއެމްޕީއާރުސީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު ޒިހުނީ ރަޝީދު
މި ރޯޑްޝޯގައި ވާހަކަދައްކަވަމުން މަންތާ އެއާގެ ޑެޕިއުޓީ ސީއީއޯ އަހުމަދު މައުމޫން ވިދާޅުވީ، އިންޑިއާގެ ފަތުރުވެރިންނަށް ރާއްޖެއިން ހިލޭ އޮން އެރައިވަލް ވިސާ ލިބުމުގެ ސަބަބުން ސީދާ ދަތުރުތަކުން ފަސޭހަކަމާ އެކު ލިބިގެންދާނެ ކަމަށެވެ.
އެގޮތުން، އިންޑިއާގެ ދަތުރުވެރިންނަށް ހުކުރު އަދި އާދީއްތަ ދުވަހު ހެނދުނުގެ ދަތުރުތަކުގެ ބޭނުން ހިފައިގެން ހަފުތާ ބަންދުގައި ރާއްޖޭގެ ރަށްތަކަށް އައުމުގެ ފުރުސަތު އޮންނާނެ ކަމަށް ވެސް މައުމޫނު ވިދާޅުވިއެވެ.
އެމްއެމްޕީއާރްސީން ބުނީ، މި ރޯޑްޝޯއަކީ އިންޑިއާއާއި ރާއްޖެއާ ދެމެދު އޮންނަ ފަތުރުވެރިކަމުގެ ގުޅުން ބަދަހިކުރުމަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމަށެވެ.
އިންޑިއާގެ ޓްރެވަލް މާކެޓަކީ މިދިޔަ އަހަރު އެންމެ ރަނގަޅު ޕާފޯމިން މާކެޓެއްގެ ގޮތުގައި ހިމެނުނު މާކެޓެކެވެ.
މި ރޯޑްޝޯގެ ސަބަބުން އިންޑިއާގެ ޓްރެވަލް މާކެޓުގައި ވަރަށް ބޮޑަށް ރާއްޖޭގެ ވާހަކަދެކެވި، ކުރިއަށް އޮތް އެ ގައުމުގެ ދިވަލީ އަދި ދަރްސޯރު ޗުއްޓީގައި ރާއްޖޭގައި ޗުއްޓީ ހޭދަކުރުމަށް އިންޑިއާގެ ދަތުރުވެރިންގެ ޝައުގުވެރިކަން އިތުރުވެގެންދާނެކަމަށް އެމްއެމްޕީއާރްސީން ވަނީ ބުނެފައެވެ.
މިދިޔަ އަހަރު އެންމެ ގިނަ ފަތުރުވެރިން އައި އިންޑިއާ މާކެޓު މަޑުޖެހިފައިވަނީ ދެ ގައުމުގެ ގުޅުން ހީނަރުވެގެންނެވެ. އެކަމަކު، އޭގެ ފަހުން ދެ ގައުމުގެ ގުޅުން މިހާރު ވަނީ ރަނގަޅުވެފައެވެ.