27 Jun 2024, 09:19
ޔޫރޯ 2024 ގެ ގްރޫޕް އެފްގައި ޗެކް ރިޕަބްލިކް އަތުން ހޯދި މޮޅާއެކު ތުރުކީން ދެވަނަ ބުރު ޔަގީންކޮށްފިއެވެ.
ޖަރުމަނުގެ ހޭމްބާގުގައި މިރޭ ތުރުކީން ޗެކު ބަލިކުރީ 2-1 ގެ ނަތީޖާއަކުންނެވެ. މި ނަތީޖާއާއެކު މުބާރާތުގެ ދެވަނަ ބުރުން ތުރުކީ ޖާގަ ހޯދީ ތާވަލުގެ ދެވަނަ މަގާމުގައި ނިންމާލައިގެންނެވެ.
ގްރޫޕުގެ އެއްވަނައިގައި ޕޯޗުގަލް އޮތްއިރު މި ގްރޫޕުގެ ތިންވަނަ ހޯދީ ޖޯޖިއާ އެވެ.
ތުރުކީން 2008 ވަނަ އަހަރަށްފަހު ފުރަތަމަ ފަހަރަށް ގަދަ 16 ޔަގީން ކުރީ ގްރޫޕް އީގެ ތާވަލުގެ ދެވަނަ މަގާމުގައި ނިންމާލައިގެންނެވެ. އެއީ ތިން މެޗުން ހަ ޕޮއިންޓާއެކުގައެވެ. އެ ގްރޫޕްގެ އެއްވަނަ ޕޯޗުގަލްއިން ހޯދި އިރު، ތިންވަނައިގައި ގަދަ 16 އަށް ދިޔަ ޖޯޖިއާ ވަނީ ތިން މެޗުން ހަތަރު ޕޮއިންޓް ހޯދައިފައެވެ. އެޓީމުގެ ގޯލް ޑިފަރެންސަކީ ސުމެކެވެ. ޗެކު ނިންމާލީ ގްރޫޕް ފުލުގައެވެ.
މެޗުގައި އޮއިވަރު ބަދަލުވީ 21 ވަނަ މިނެޓުގައެވެ. އެއީ ޗެކް ރިޕަބްލިކުގެ އެންޓޮނިން ބަރަކަށް ދެވަނަ ރީނދޫ ކާޑާއެކު ރަތްކާޑު ދެއްކުމުންނެވެ. އޭގެ ފައިދާ ތުރުކީން ނެގޭތޯ ވަރަށް މަސައްކަތްކުރި އެވެ.
ދެވަނަ ހާފުގެ 51 ވަނަ މިނެޓުގައި ޗެކުން ވަނީ ލީޑު ނަގައިފައެވެ. އެ ގޯލު ޖެހީ ހަކާން ޗަލަނޮގްލޫއެވެ. އޭރިއާ ތެރެއިން ލިބުނު ބޯޅު ބާރަށް ފޮނުވާލާ އޭނާ ގޯލަށް ވައްދާލީ ހިތްގައިމުކޮށެވެ. އެ ގޯލުން ތުރުކީއަށް ގަދަ 16 އަށް އުންމީދު ބޮޑުވި އިރު ގްރޫޕަށް ބަދަލުތަކެއް އައެވެ.
.ކުޅުންތެރިޔަކު މަދުކޮށް ކުޅެމުން ދިޔަ ނަމަވެސް، މެޗުގެ ނަތީޖާ، 66 ވަނަ މިނެޓުގައި ހަމަހަމަ ކުރިއެވެ. ކެޕްޓަން ސޯޗެކް އެ ގޯލު ޖެހީ، އޭރިއާ ތެރެއަށް ދިޔަ ބޯޅަ ހިފަން އުޅުމުގެ ތެރޭގައި ތުރުކީ ކީޕަރު ގުނޯކް އަތުން ބޯޅަ ވެއްޓުމުން ރީބައުންސްގައެވެ. ކީޕަރަށް ޗެކުގެ ޗޯރީ ފައުލް ކުރިތޯ ވީއޭއާރް އެހީގައި ބެލި ނަމަވެސް، ރެފްރީ ނިންމީ ފައުލެއް ނޫން ކަމަށެވެ.