އައްޑޫ ސިޓީ ފޭދޫގައި މިއަދު ކުނި އުކާލަން ދިޔަ މީހަކު ޚަބަރެއް ނުވެގެން ބެލިއިރު މަރުވެފައި އޮއްވައި ފެނިއްޖެއެވެ.

މި ހާދިސާ ހިނގައިގެން ފުލުހުންނަށް ރިޕޯޓުކޮށްފައިވަނީ މިއަދު ހެނދުނު 9:40 އެހާކަންހާއިރެވެ.

ފުލުހުން ބުނީ، މި ހާދިސާގައި މަރުވީ ނޭޕާލް މީހެއް ކަމަށާއި އޭނާގެ ބޭރު ފުށުން އެއްވެސް އަނިޔާއެއް ފެންނަން ނެތް ކަމަށެވެ.

އެ މީހާ ފެނުނީ މޫދުގައި މަރުވެފައި އޮއްވައެވެ.

ފޭދޫ ސިއްހީ މަރުކަޒާ ހަވާލާދީ ފުލުހުން ބުނީ، މަރުކަޒަށް ގެންދިޔައިރު ވެސް އެ ބިދޭސީ މިހާ އޮތީ މަރުވެފައި ކަމަަށެވެ.

ފުލުހުން އަންނަނީ މި ހާދިސާ ތަހުގީގުކުރަމުންނެވެ.