ޔޫރޯ 2024 ގެ ގްރޫޕް ސީގައި ކުޅުނު ފަހު މެޗުތަކުގެ ނަތީޖާއާއެކު މުބާރާތުގެ ދެވަނަ ބުރަށް އިންގްލެންޑާއެކު ޑެންމާކާއި ސްލޮވީނިއާ ވެސް ދަތުރުކޮށްފިއެވެ.

މުބާރާތުގެ ގްރޫޕު ސީގައި ކުޅުނު ފަހު ދެ މެޗުވެސް ނިމުނީ ލަނޑެއް ނުޖެހި އެއްވަރުވެގެންނެވެ. މި ގްރޫޕުގެ ފަހު މެޗުތަކާއި ކުރިމަތިލިއިރު އިންގްލެންޑު ވަނީ ގަދަ 16 ބުރު ޔަގީންކޮށްފައެވެ. ބާކީ އޮތް ތިން ޓީމަށްވެސް ދެވަނަ ބުރުގެ ފުރުސަތު އޮތެވެ.

އިންގްލެންޑް އާއި ސްލޮވީނިއާ ބައްދަލުކުރި މެޗު ނިމުނީ ލަނޑެއް ނުޖެހި އެއްވަރުވެގެންނެވެ. މި މެޗުން ލިބުނު ޕޮއިންޓާއެކު އިންގްލެންޑް ދެވަނަ ބުރަށް ދަތުރުކުރީ ގްރޫޕުގެ އެއްވަނަ މަގާމާއެކު އެވެ. އެއީ ޖުމްލަ 5 ޕޮއިންޓާއެކު އެވެ. އިންގްލެންޑް އަތުން ހޯދި ޕޮއިންޓާއެކު ވެސް ސްލޮވީނިޔާ ދެވަނަ ބުރަށް ދަތުރުކުރީ ތިންވަނަ ޓީމުތަކުގެ މެދުގައި ބެލުމަށްފަހު ނަތީޖާ ރަނގަޅުވުމުންނެވެ.

ދެވަނަ ހޯދައިގެން ނޮކުއައުޓް ބުރަށް ދަތުރުކުރީ ޑެންމާކެވެ. އެއީ ސްލޮވީނިޔާއާ ޕޮއިންޓްގެ ގޮތުން އެއްވަރުވެ، ފައިދާ ގޯލާއި ޖެހި ގޯލް އެއްވަރުވުމުން، ޑިސިޕްލިނަރީ ރެކޯޑަށް ބެލުމަށްފަހު އެވެ.

ސްލޮވީނިއާ އިން ވަނީ އިންގްލެންޑް އާއި ދެކޮޅަށް މޮޅު ކުޅުމެއް ކުޅެފައެވެ. އަދި މޮޅު ޑިފެންސެއްވެސް ކޮށްފައެވެ. މިއީ ޔޫރޯގެ ތާރީހުގައި އެ ޓީމުން މި މުބާރާތުގައި ވާދަކުރާ ދެވަނަ ފަހަރެވެ. ދެވަނަ ފަހަރު އިންގްލެންޑް އާއި އެއްވަރުކޮށް ދެވަނަ ބުރުން ޖާގައެއް ލިބުމަކީ އެ ގައުމަށް ލިބުނު ބޮޑު ކާމިޔާބީއެކެވެ.

ގްރޫޕް ސްޓޭޖްގެ ދެން އޮތް ދެ ގްރޫޕްގެ ފަހު ދެ މެޗު ކުޅުމަށް ހަމަޖެހިފައިވަނީ ބުދަ ދުވަހުގެ ރޭގަނޑު އެވެ.