ޔޫރޯ ފުޓްބޯޅަ މުބާރާތަށް އަމާޒުކޮށް "މިއައު މިއައު ޔޫރޯފޯރިއާ" ގެ ނަމުގައި ޕްރޮމޯޝަނެއް ފަށައިފި އެވެ.

އެސްޓީއޯއިން ބުނީ މިއަންނަ މަހާ ހަމައަށް އެސްޓީއޯ ސުޕަމާޓްގައި ކުރިއަށްގެންދާ ޕްރޮމޯޝަންގައި ގަންނަ ކޮންމެ މިއައު މިއައު ޕެކެޓަކަށް ކޫޕަނެއް ލިބޭނެ ކަމަށެވެ. އަދި ޕްރޮމޯޝަން ނިމުމުން ގުރުއަތުން ހޮވޭ ފަރާތަކަށް ޕިލިޕްސް 50 އިންޗީގެ ތްރީޑީ ޓީވީއެއް ދޭނެ ކަމަށެވެ. އެސްޓީއޯއިން ރާއްޖެއަށް އަލަށް ތައާރަފްކުރި ލުއި ކާނާ ބާވަތެއް ކަމަށްވާ މިއައު މިއައުގެ 17 ފުލޭވާއެއް ހިމެނެ އެވެ.