26 Jun 2024, 00:10
މިޑްފީލްޑަރު މުހައްމަދު އާރިފް (ބަކާ)ގެ ކަށު ނަމާދު އިސްލާމީ މަރުކަޒުގައި ބާއްވާ ގޮތަށް ހަމަޖެހިއްޖެއެވެ.
ބަކާގެ ކަށުނަމާދު ކުރުން އޮންނާނީ މިރޭ ފަތިސް ނަމާދަށްފަހުގައެވެ.
އުމުރުން 38 އަހަރުގެ ބަކާ ނިޔާވީ ހާލު ދެރަވެ، އޭޑީކޭ ހޮސްޕިޓަލުގެ އައިސީޔޫގައި ފަރުވާ ދެމުން ދަނިކޮށެވެ.
ފަރުވާދެމުން ދަނިކޮށް ފުޓުބޯޅަ ތަރި ބަކާ ނިޔާވެއްޖެއިތުރަށް ވިދާޅުވުމަށް
ސައުދީ ރަސްގެފާނުގެ ދައުވަތުފުޅަށް މިފަހަރު ހައްޖަށް ދިޔަ، ބަކާ ރާއްޖެ އައިތާ އަދި މާގިނަ ދުވަސްތަކެއް ނުވެއެވެ.
"ސަން"އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އޭނާ އޭޑީކޭ ހޮސްޕިޓަލަށް ގެންދިޔައީ ނޭވާލާން އުނދަގޫވެގެންނެވެ. އެ މައްސަލަ ދިމާވީ އިންފެކްޝަނެއްގެ ސަބަބުން ކަމަށް ބެލެވޭއިރު، ހައްޖުން އައިއިރު ވެސް ބަކާ ހުރީ ބަލިކޮށް ކަމަށް އެނގިފައިވެއެވެ.
ފަރުވާދެމުން ދަނިކޮށް ފުޓުބޯޅަ ތަރި ބަކާ ނިޔާވެއްޖެއިތުރަށް ވިދާޅުވުމަށް
ބަކާ ނިޔާވުމާ ގުޅިގެން ރައީސް ޑރ މުހައްމަދު މުއިއްޒުވެސް ވަނީ ބަކާގެ އާއިލާއަށް ތައުޒިޔާ ފޮނުއްވާފައެވެ.