24 Jun 2024, 15:46
ޔޫރޯ ފުޓުބޯޅަ މުބާރާތުގައި އަލްބޭނިއާ އާއި ދެކޮޅަށް މިރޭ ކުޅޭނީ އެއްވެސް ތަފާތުކުރުމެއް ނެތި ކަމަށާއި ސްޕެއިންގެ ހަގީގީ ކުޅުން ފެނިގެންދާނެ ކަމަށް ސްޕެއިނުގެ ކޯޗު ލުއިސް ޑެ ލަ ފުއެންޓޭ ބުނެފިއެވެ.
ޔޫރޯ 2024 ގެ ގްރޫޕް ބީ ގައި މިރޭ އަލްބޭނިއާ އާ ދެކޮޅަށް ކުޅޭ މެޗުގެ ކުރިން ނޫސްވެރިންނާ ވާހަކަދައްކަމުން ފުއެންޓޭ ބުނީ އެހެން މެޗުތަކަކޭ އެއްފަދައިން އެ ޓީމުން ކޮންމެ މެޗަކަށް ވެސް ނިކުންނަނީ އެއީ އެންމެ ފަހު މެޗު ކަމަށް ދެކިގެން ކަމަށެވެ. އަދި އަލްބޭނިއާ މެޗަށްވެސް ނިކުންނާނީ ކުޅުންތެރިންނަށް ވަކި ގޭމްޕްލޭންއަކާ އެކު ކަމަށްވެސް ބުންޏެވެ.
އަލްބޭނިއާ އާ ދެކޮޅަށް ވެސް އެޓޭކިން ފުޓްބޯޅަ ކުޅެން ބޭނުންވާ ކަމަށާއި މިވަރުގެ މެޗަކަށް ޕްލޭންކުރަން ވާނީ ފުރިހަމައަށް ފޯކަސްކޮށްގެން ކަމަށް ބުންޏެވެ. އަދި މެޗު ކާމިޔާބުކުރުން ނޫން ވިސްނުމެއް ނުގެންގުޅޭ ކަމަށާއި ޓާގެޓަކީ ހުރިހާ މެޗެއް ކާމިޔާބުކުރުން ކަމަށްވެސް ފުއެންޓޭ ބުނެފައިވެއެވެ.
އަލްބޭނިއާ އާ ދެކޮޅަށް ނިކުންނައިރު އޭނާ ވަރަށް ބޮޑަށް ހަމަޖެހިލައިގެން ހުރިނަމަވެސް އޭނާގެ ޓީމުން ރަނގަޅުކުރަންޖެހޭ ކަންތައްތައް އަދިވެސް އެބަހުރިކަން އެނގޭކަމަށް ފުއެންޓޭ ބުންޏެވެ. އަދި މެޗެއްގެ ނަތީޖާ ކަނޑައެޅުމުގައި އެންމެ ކުދިކުދި ކަންތައްތަކުގެ ތަފްސީލުވެސް މުހިއްމުވާ ކަމަށް ފުއެންޓޭ ބުންޏެވެ.
ސްޕެއިން ޓީމުން ބޭނުންވަނީ އެކަންކަން ކޮންޓްރޯލްކުރުމަށް ކަމަށާއި، ސެޓްޕީސްއަކުން ހައިރާންކަން ލިބެން ބޭނުންނުވާ ކަމަށްވެސް ފުއެންޓޭ ބުންޏެވެ.،
ސްޕެއިނާއި އަލްބޭނިއާ ބައްދަލުކު މެޗު ފަށާނީ ރާއްޖެގަޑިން މިރޭ 12 ޖަހާއިރު އެވެ.