ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ކޮމްޕިއުޓަރުގެ ވިޔަފާރިކުރާ ކްލިކް ކޮމްޕިއުޓާސް އިން މާލޭގައި އާ ފިހާރައެއް މިއަދު ހުޅުވައިފި އެވެ.

ކްލިކް ކޮންޕިއުޓާސްގެ ސީއީއޯ މުހައްމަދު ޒާހިރު ވިދާޅުވީ އަލަށް ހުޅުވި ފިހާރައިން ކޮމްޕިއުޓަރާބެހޭ ހުރިހާ ސާމަނެއް ލިބެން ހުންނާނެ ކަމަށާއި އަގުތައް ވެސް ހެޔޮ ކޮށްފައިވާނެ ކަމަށެވެ. އަދި ވިދާޅުވީ ކްލިކްގެ އާ ފިހާރަ މާފަންނުގައި ހުޅުވީ މާލޭގެ ހުރިހާ ހިސާބަކުން ވެސް ކޮމްޕިއުޓަރުގެ ސާމާނު ފަސޭހަ ކަމާއިއެކު ލިބޭނެ އިންތިޒާމެއް ހަމަޖެއްސުމަށް ކަމަށެވެ.

"މިފިހާރަވެގެން ދާނީ ކޮމްޕިއުޓަރުގެ ޕްރޮޑެކްޓް ރާއްޖޭގައި ވިއްކާ އެންމެ އަގު ހެޔޮ އެއް ފިހާރައަށް" ޒާހިރު ވިދާޅުވި އެވެ. "މިތަނުން ލިބޭނެ ކޮމްޕިއުޓަރުގެ ހުރިހާ ޕްރޮޑެކްޓެއް ވެސް. ފާހަގަކޮށްލަން ބޭނުން މިތަނުގައި ލިބެން ހުންނާނީ އަގު ހެޔޮ އަދި ކޮލެޓީ ޕްރޮޑެކްޓްސް" ޒާހިރު ވިދާޅުވި އެވެ.

ކްލިކްގެ ތިން ފިހާރައެއް މާލޭގައި ހުރެ އެވެ. މިއަދު ހުޅުވީ ކްލިކްގެ ހަތަރު ވަނަ ފިހާރަ އެވެ. މާފަންނު އީދު މިސްކިތް ކައިރީގައި ކްލިކް ކޮމްޕިއުޓާސް ހަތަރު ވަނަ ފިހާރަ ހުޅުވައިދިނީ ކްލިކްގެ ދެ މަސްއޫލު ވެރިއެއްގެ ދެ ދަރިންނެވެ.