20 Jun 2024, 22:30
ޔޫރޯ 2024 ގައި ސްލޮވީނިއާ އިން މޮޅުވާން ދަނިކޮށް މެޗުގެ އެންމެ ފަހުވަގުތު ޖެހި ލަނޑާއެކު ސާބިއާ އިން އެއްވަރުކޮށްފިއެވެ.
މި މެޗުން ބަލިވެއްޖެނަމަ ސާބިއާއަށް ޔޫރޯގައި ކުރިޔަށްދެވޭނެ ދޮރު ބަންދުވީއެވެ. މެޗު ނިމުނީ 1-1ގެ ނަތީޖާއަކުން އެއްވަރުވެގެންނެވެ.
މެޗުގައި ފުރަތަމަ ލަނޑު ޖަހާ ލީޑު ނެގީ ސްލޮވީނިޔާ އިންނެވެ. މެޗުގެ
69 ވަނަ މިނިޓްގައި ޑިފެންޑަރ ޒަން ކަނިސްނިކް މި ލަނޑު ޖެހިއިރު، މި ލަނޑު ޖަހާފައިވަނީ ޓިމީ އެލްސްނިކް ނަގައިދިން ހުރަސް ގޯލް އޭރިޔާ ތެރޭ ހުރެ އެއްފަހަރުން ޖަހާ ގޯލްގެ ކަނަށް ފޮނުވާލައިގެންނެވެ.
ސާބިއާއިން ނަތީޖާ ހަމަހަމަކުރީ މެޗުގެ ފުރިހަމަ ވަގުތު ހަމަވެގެން ދެއްކި އިތުރުވަގުތުގެ އެންމެ ފަހު މިނެޓުގައެވެ. މި ލަނޑު ކާމިޔާބުކުރީ ބަދަލަށް ކުޅެން އެރި ޖޮވިކްއެވެ.
އޭނާ މި ލަނޑު ކާމިޔާބުކުރީ ސާބިއާއަށް ލިބުނު ކޯނަރު އޭރިޔާތެރެއަށް ނަގައިދިނުމުން ގޯލްއޭރިޔާ ރޮނގުމަތިން ފުންމައިގެން އަރާ ޖޮވިޗް ބޮލުން ފޮނުވާލި ބޯޅައިންނެވެ.
މުޅި މެޗުގައި ދެ ޓީމުން ވެސް ލަނޑުޖަހާނެ ރަނގަޅު ފުރުސަތުތަކެއް ހޯދާ ތަނަވަސްކުރިއެވެ.
މީގެއިތުރުން ވެސް ސާބިޔާއިން ލަނޑު ޖަހާނެ ފުރުޞަތު ހޯދިއެވެ. މެޗުގެ 26 ވަނަ މިނިޓްގައި އަރިމަތިން ނަގައިދިން ހުރަސް ޓަޑިކް ބޮލުން ފޮނުވާލުމުން ކީޕަރު ދިފާއުކުރި އެވެ. އަދި މެޗުގެ ފަހުކޮޅު ޒަން ކަނިސްނިކް ފޮނުވާލި ބޯޅަ ދިޔައީ އަރިމަތި ދަނޑި ކައިރިން ބޭރަށެވެ.
މި ގްރޫޕްގައި ކުރިއަށް އޮތީ އިންގްލެންޑާއި ޑެންމާކް ވާދަކުރާ މެޗެވެ. މި މެޗާއި ކުރިމަތިލާއިރު އިންގްލެންޑް އޮތީ ތިން ޕޮއިންޓާއެކު ތާވަލުހެ އެއްވަނައިގައެވެ.