18 Jun 2024, 23:52
ހައިވޭގައި އެކްސިޑެންޓެއް ވުމުން ފިލި މީހަކު ފުލުހުން ހޯދަން ފަށައިފިއެވެ.
މި އެކްސިޑެންޓު ހިނގައިފައިވަނީ މިރޭ 08:45 ހާއިރެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލު އަހުމަދު ޝިފާން ވިދާޅުވީ މި އެކްސިޑެންޓްގައި އަނިޔާވި މީހާއަށް ސީރިއަސް އަނިޔާއެއް ލިބިފައި ނުވާ ކަމަށެވެ.
ނަމަވެސް މި ހާދިސާގައި އެތަނުން ފިލި ޑްރައިވަރު ހޯދުމުގެ މަސައްކަތް ފުލުހުން ކުރަމުންދާ ކަމަށެވެ. އަދި ފުލުހުން އަންނަނީ މި މައްސަލަ ތަހުގީގު ކުރަމުން ކަމަށް ވިދާޅުވިއެވެ.
މަދުން ނަމަވެސް މިގޮތަށް އެކްސިޑެންޓް ވުމުން ފުލުހުންނަށް ރިޕޯޓް ނުކޮށް ފިލައި މައްސަލަ ފެންމަތިވެއެެވެ.
ފުލުހުންގެ ތަފާސްހިސާބު ދައްކާގޮތުން މިދިޔަ މަހު އެންމެ ގިނައިން ހުށަހަޅާފައިވާ މައްސަލައަކީ ޓްރެފިކް އެކްސިޑެންޓުތަކުގެ މައްސަލައެވެ.