މާވެޔޮމަގުގައި ހުންނަ މަރުޙަބާ ފިހާރައިގެ ބިއްލޫރި ގަނޑެއް ވެއްޓި، ތަޅައިގެން ގޮސްފިއެވެ.

މިކަމާއި ގުޅުވައި ފުލުހުން މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ، މާވެޔޮ މަގުގައި ހުރި މަރުހަބާ ފިހަރާއިގެ ބިއްލޫރި ގަނޑެއް ވެއްޓިގެން އެ ސަރަހައްދުގައި ފުލުހުން ހަރަކާތްތެރި ވަމުން އަންނަ ކަމަށެވެ.

ނަމަވެސް، މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއްނުވާ ކަމަށް ފުލުހުން މައުލޫމާތުދެއެވެ. މި ހާދިސާ ހިނގި ވަގުތެއް މިހާތަނަށް ސާފުވެފައެއް ނުވެއެވެ.

އޭގެ އިތުރުން، މިހާދިސާ ހިނގި ވަގުތު މަގުމަތީ ޕާކުކޮށްފައި ހުރި ބައެއް ސައިކަލުތަކަށް އެކި ވަރުގެ ގެއްލުންތައް ލިބިފައިވާ ކަމުގެ މައުލޫމާތު 'ސަން'އަށް ވަނީ ލިބިފައެވެ.

އިތުރަށް ފުލުހުން ބުނީ، ބިއްލޫރި ގަނޑެއް ވެއްޓިފައި ވަނީ އެ ފިހާރަ ހުންނަ އިމާރާތުގެ ފަސްވަނަ ފަންގިފިލާއިން ކަމަށެވެ.

ފާހަގަކޮށްލެވޭ ގޮތުގައި، މީގެކުރިން ވެސް މިފަދަ ހާދިސާތައް ދިމާވެފައި އެބަހުއްޓެވެ. އެފަދަ ހާދިސާތަކުގައި ބައެއް ފަހަރަށް ބޮޑެތި ގެއްލުންތައް ވެސް ލިބެއެވެ.