17 Jun 2024, 13:05
ގިނަ ބަޔަކު އިންތިޒާރުކުރަމުން އަންނަ ދިރާގުގެ ޢީދު ޝޯ އަދި "ވިން އަ ޓެސްލާ" ޕްރޮމޯޝަންގެ ގުރުވަތުލުން މިރޭ އޮންނާނެ ކަމަށް އެ ކުންފުނިން މިއަދު ބުނެފިއެވެ.
އަޟުޙާ ޢީދު ފާހަގަކުރަން ދިރާގުން ބާއްވާ ޢީދު ޝޯ އޮންނާނީ މިރޭ 8:00 ގައި، ހުޅުމާލޭ ސެންޓްރަލް ޕާކުގައެވެ.
ދިރާގުން ބުނީ، މިރޭގެ ޝޯގެ ތެރެއިން ކަސްޓަމަރުން އިންތިޒާރުކުރަމުން އަންނަ 'ވިން އަ ޓެސްލާ' ޕްރޮމޯޝަންގެ ގުރުވަތު ނަގާ ނަސީބުވެރިއެއް ވެސް 09:00 ޖަހާއިރު ހޮވަން ނިންމާފައިވާ ކަމަށެވެ.
ދިރާގު ޢީދު ޝޯގައި ހުނަރުވެރި ދިވެހި ބޭންޑުތަކެއް ވެސް ބައިވެރިވާނެއެވެ. އޭގެ ތެރޭގައި:
ޑީޖޭ އަލީ
- އީކުއެޓިކް ވައިބް
- ސްކައިރޮކް
- ރެވިއޯ
- ޓްރެފިކް ޖޭމް
- ސިމްބޮލިކް ރެކޯޑްސް
މި ހަރަކާތުގެ ހޯސްޓިން ޕާޓްނަރަކީ ހައުސިންގް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)އެވެ.
މީގެ އިތުރުން، މިރޭގެ ޝޯގައި ވިމެން އެންޓަޕްރެނިއާސް އެސޯސިއޭޝަން، މޯލްޑިވްސް ވީއެމް އަދި މަޝްހޫރު "ޝޮޓް ބެވަރޭޖަސް މޯލްޑިވްސް"ގެ އުފެއްދުންތަކާ އެކު އިންތިޒާމުކުރެވިފައިވާ ޚާއްސަ "ފުޑް ސްޓްރީޓެއް" ބޭއްވުމަށް ވެސް ވަނީ ހަމަޖެހިފައެވެ.
ދިރާގުން 'ވިން އަ ޓެސްލާ' ޕްރޮމޯޝަން ކުރިއަށް ގެންދިޔައީ އެ ކުންފުނީގެ 35 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައެވެ.