ރަޝިޔާ 1-0އިން ބަލިކޮށް ޔޫރޫ ފުޓްބޯޅަ މުބާރާތުގެ ދެ ވަނަ ބުރަށް ދެވުމުން މީގެ އަށް އަހަރު ކުރިން ޔޫރޯ 2004 ކާމިޔާބު ކުރެވުމުންވީހާ އުފާވެއްޖެ ކަމަށް ގްރީސްއިން ބުނެފި އެވެ.

ކެޕްޓަން ޖީޖިއަސް ކަރަގޫނިސް ބުނީ އެމީހުން އެދިއެދިތިބީ ގްރޫސް ސްޓޭޖުން ކަޓައިގެން ގައުމަށް ނުދާން ކަމަށާއިރޭ މޮޅުވުމުން ލިބުނު އުފާ ޔޫރޯ 2004ގެ ކާމިޔާބީން ލިބުނު އުފަލާ އަޅާކިޔާލެވޭނެ ކަމަށެވެ. އަދި މުޅި ގްރީސްއަށް އެމީހުން އުފާވެރިކަން ގެނެސްދީފިން ކަމަށާއި ދެން އެއްވެސް ބަޔަކަށް ގްރީސް ނުހުއްޓުވޭނެ ކަމަށެވެ.

ރަޝިޔާ ކޮޅަށް ލަނޑު ޖަހައިދިން ކަރަގޫނިސް ވަނީ ކުއާޓާ ފައިނަލުގައި ގްރީސް ކުޅެން ޖެހޭ މެޗަށް ސަސްޕެންޑްކޮށްފަ އެވެ. އެއީ ދެ ރީނދޫ ކާޑު ހަމަވުމުންނެވެ.

ރޭގެ މެޗަށް ފަހު ގްރީސްގެ ކޯޗު ފެނާންޑޯ ސަންޓޯސް ބުނީ މެޗަށް ފަރުވާތެރިވެގެން ކުޅުމަކީ ކާމިޔާބީގެ އަސްލު ކަމަށެވެ. އަދި އިނދިކޮޅު ޓީމަށް އެމީހުންގެ ގޭމްކުޅެން އޭނާގެ ޓީމުން ފުރުސަތު ނުދޭ ކަމަށާއި އިނދިކޮޅު ޓީމުގެ ގަދަފައިތަކަށް ރޭ ނިމުން ގެނެވުނު ކަމަށެވެ.

ނަމަވެސް އޭނާ ބުނީ މިއަދުން ފެށިގެން އެންމެހަމަ ބިމަށް ފައިބަން ޖެހޭ ކަމަށާއި ގްރީސް އަކީ ކޮންބައެއްކަން ކުޅުންތެރިން އަމިއްލަ އަށް ދަންނަން ޖެހޭނެ ކަމަށެވެ.

ގްރީސް އަތުން 1-0 އިން ބަލިވެ ރަޝިޔާ ކެޓީ ދެ ޓީމު ޕޮއިންޓްގެ ގޮތުން ހަމަހަމަވެ، ދެ ޓީމު ކުޅުނު މެޗުގެ ނަތީޖާއިން ގްރީސް އަށް ކުރި ލިބުމުންނެވެ.