14 Jun 2024, 17:30
މަސްތުވާތަކެތި އެތެރެކޮށް ވިޔަފާރި ކުރާ ކަމަށް ތުހުމަތުކުރެވޭ މީހަކު ހދ. ކުޅުދުއްފުށިން ފުލުހުންގެ ބެލުމުގެ ދަށަށް މިއަދު ގެންސްފިއެވެ.
ފުލުހުން ބުނީ މަސްތުވާތަކެތި އެތެރެކޮށް އެތަކެތީގެ ވިޔަފާރިކުރާ ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއް މިއަދު ހެނދުނު 09:38 އެހާކަށްހާއިރު ފުލުހުންނަށް ރިޕޯޓު ކޮށްފައިވާ ކަމަށެވެެ.
އަދި މި މައްސަލައިގައި ތުހުމަތު ކުރެވޭ މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާކަމަށް ވެސް ފުލުހުން ވަނީ ބުނެފައެވެ.
ފުލުހުން ބުނީ މި މައްސަލަ މިހާރު ފުލުހުން ތަހުގީގު ކުރަމުންދާ ކަމަށެވެ.
މަސްތުވާތަކެތީގެ މައްސަލަ ރާއްޖޭގައި ބޮޑުވެފައިވާއިރު، ދޭތެރެދޭތެރެއިން މަސްތުވާތަކެތި އެތެރެކުރުމުގެ މައްސަލަތަކުގައި މީހުން އަތުލައިގަނެއެވެ.
އެގޮތުން ފަލަމަސްގަނޑުގައި ފޮރުވައިގެން ރާއްޖެއަށް މަސްތުވާތަަކެތި އެތެރެކުރަން އުޅުނު ދިވެއްސަކު ހައްޔަރުކޮށް، އިއްޔެ ވެސް ވަނީ 30 ދުވަހަށް ބަންދުކޮށްފައެވެ.