24 Jun 2024, 10:40
ހަކުރުބަލީގެ އަސަރު ހަށިގަނޑުގެ ކޮންމެ ގުނަވަނަކަށް ވެސް ކުރިމަތިވެދާނެއެވެ. އެ ގޮތުން މި ބަލީގެއަސަރު ލޮލަށް ވެސް ކުރެއެވެ. ފާހަގަކޮށްލެވޭ ގޮތުގައި މަސައްކަތްކުރާ އުމުރުގެ މީހުންގެ ލޮލުގެ ފެނުން ދަށްވުމާއި، ލޯފަންވުމުގެ އެންމެ ބޮޑު ސަބަބަކީ ޑައިބެޓިކް ރެޓިނޯޕެތީއެވެ.
މި ބަލި ޖެހެނީ ލޭގައި ހަކުރުގެ މިންވަރު މަތިވުމުގެ ސަބަބުން ލޮލުގެ ފަހަތުގައި ހުންނަ ނާޒުކު ޓިޝޫއެއް ކަމަށްވާ ރެޓިނާގައި ހުންނަ ނާރުތަކަށް ގެއްލުން ލިބުމުންނެވެ.
އައިކެއާ ޚާއްސަވަނީ އާންމުންގެ ލޮލުގެ ސިއްހަތާއި ދިރިއުޅުމުގެ ފެންވަރު ދެމެހެއްޓުމަށްޓަކައި މި ބައްޔަށް އާންމުން ހޭލުންތެރިކޮށް، ފަރުވާކޮށްދިނުމަށެވެ.
ޑައިބެޓިކް ރެޓިނޯޕެތީ ގިނަ ފަހަރަށް އުފެދިގެން އަންނަނީ އެ ބަލީގެ އާލާމާތްތަކެއް ނުފެނިއެވެ. މިކަމުގެ ސަބަބުން ހަކުރުބަލި ހުންނަ ކޮންމެ މީހެއް ވެސް ގަވާއިދުން ލޮލުގެ ޗެކަޕެއް ހެދުމަކީ ވަރަށް މުހިންމު ކަމެކެވެ.
މި ބަލީގެ ބައެއް އަލާމާތްތަކުގެ ތެރޭގައި:
ލޮލުގެ ފެނުން ފުސްވުން: ސާފުކޮށް ފެންނަން ދަތިވުމަކީ މި ބަލީގެ ކުރީކޮޅުގެ އަލާމާތެއް
- ޑާކް ސްޕޮޓްސް ނުވަތަ ފްލޯޓާސް: ލޮލުގެ ފެނުމަށް ހުރަސްއެޅޭގޮތަށް، ލޯމަތިން ތިކިތަކެއް ފެނުން
- ލޮލުގެ ފެނުން ގެއްލުން: މި ބަލި ހުރިކަން ނޭނގި ގިނަދުވަސްވެފައިވާނަމަ، ލޮލުގެ ފެނުމުން ބައެއް ނުވަތަ މުޅީން ލޮލުގެ ފެނުން ގެއްލިދިއުމަށް މަގުފަހިވޭ
ބަލި ދެނެގަނެ، ރައްކާތެރިކަމުގެ ފިޔަވަޅު އެޅުން
ޑައިބެޓިކް ރެޓިނޯޕެތީ އަވަހަށް ދެނެގަތުމުގައި ލޮލުގެ ތަހުލީލުތައް ހެދުން ވަރަށް މުހިންމެވެ.
އައިކެއާއިން ލަފާދެނީ ހަކުރުބަލި ހުންނަ ހުރިހާ ފަރާތްތަކުން މަދުވެގެން އަހަރަކު އެއްފަހަރު ލޯ ޓެސްޓް ކުރުމަށެވެ. އެންމެ ޒަމާނީ ޑައިގްނޯސްޓިކް ވަސީލަތްތަކާއި، އޮޕްޓިކަލް ކޮހެރެންސް ޓޮމޮގްރަފީ (އޯސީޓީ) އަދި ފަންޑަސް ފޮޓޯގްރަފީ ހިމެނޭ ގޮތަށް، ރެޓިނާއަށް އަންނަ ކުޑަކުޑަ ބަދަލުތައް ވެސް ދެނެގަނެވޭނެ ކަމަށް އައިކެއާއިން ބުނެއެވެ.
ޑައިބެޓިކް ރެޓިނޯޕެތީ މެނޭޖްކުރުމުގައި ރައްކާތެރިކަމުގެ ފިޔަވަޅުތައް ވަރަށް މުހިންމު:
ލޭގެ ހަކުރުގެ މިންވަރު ކޮންޓްރޯލްކުރުން
- ލޭގެ ޕްރެޝަރާއި ކޮލެސްޓްރޯލްކޮއް މޮނިޓާކުރުން
- ގަވާއިދުން ކަސްރަތު ކުރުމާއި، މިންހެޔޮކޮށް ކެއުން
- ދުންފަތުގެ އިސްތިއުމާލު ކުރުމުން ދުރުހެލިވުން
ފަރުވާތައް
އައިކެއާއިން މި ބައްޔަށްދެވޭ ފަރުވާތަކުގެ ތެރޭގައި
ލޭޒާ ތެރަޕީ: ލޮލުގައި އާދަޔާޚިލާފަށް ހުންނަ ނާރުތައް ކުޑަކުރުމަށާއި ނާރުތަކުން ލޭ ލީކުވުން ހުއްޓުވުމަށް
- އިންޓްރާވިޓްރިއަލް އިންޖެކްޝަން: ލޮލަށް އިންޖެކްޓްކުރާ ބޭސްތަކުން ދުޅަ ތިރިކޮށް، އިތުރު ގެއްލުންތައް ހުއްޓުވައި، ނާރުތަކުން ލޭ ލީކުވުން ހުއްޓުވުން
- ވިޓްރެކްޓޮމީ: ވިޓްރިއަސް އިން ލޭ ނަގައި، ލޮލުގެ ފެނުން އިޔާދަކުރުމަށް ކުރާ ސާޖަރީ
އައިކެއަރއަކީ ރާއްޖޭގައި ލޮލުގެ ހުރިހައި ފަރުވާއެއް އެއް ތަނަކުން ހޯދަން ބޭނުންވާ ފަރާތްތަކަށް އެންމެ ރަނގަޅު ޙިދުމަތް ލިބޭނެ ތަނެވެ. އެކާވީސް އަހަރުގެ ތަޖުރިބާއާ އެކު އައިކެއާއިން އަންނަނީ ލޮލުގެ ގިނަ ބަލިތަކަށް ފަރުވާދީ ގިނަ ޙިދުމަތްތަކެއް ފޯރުކޮށްދެމުންނެވެ.