10:30


ހުޅުމާލޭން މާލެ އަށް 14 މީހުންނާ އެކު ދަތުރުކުރި ދޯންޏެއް އަޑިއަށް ދަނިކޮށް ފުލުހުން އެ ދޯނި ސަލާމަތްކޮށްފި އެވެ.


ފުލުހުން ބުނީ މީގެ ކުޑައިރުކޮޅެއް ކުރިން ހިނގި މިހާދިސާގައި އެ ދޯނި އަޑިއަށް ދަނިކޮށް ފުލުހުންގެ މެރިން ޕޮލިހުން އެ ދޯންޏަށް އެހީތެރިކަން ފޯރުކޮށްދީ އޭގައި ތިބި މީހުންނާ އެކު ދޯނި ދޫނިދޫ ފަޅަށް ވައްދާފައިވާ ކަމަށެވެ. އަދި އެދޯނިން ދިޔަހިއްކުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަ ކަމަށް ވެސް ފުލުހުން ބުނެ އެވެ.


ފުލުހުން ބުނީ އެ ދޯނި ދިޔަވެފައިވަނީ ދޯންޏަށް މުދާ އަރުވަން ވާވަރަށްވުރެ ބަރުކޮށް އެޅިގާ އަރުވާފައި ހުރުމުގެ ސަބަބުން ދޯނީގެ ކައިރިން ދިޔަވެގެން ކަމަށެވެ.


ދިވެހިންނާއި ބިދޭސީން ގޮވައިގެން ދަތުރުކުރަމުން އައި " ހޭންޑީ 3" ނަމަކަށް ކިޔާ އެ ދޯންޏަކީ ހުޅުމާލޭން އެޅިގާ ބަރުކޮށްގެން މާލެ އައުމަށް ދަތުރު ކުރަމުން ދިޔަ ދޯންޏެއް ކަމަށް ވެސް ފުލުހުން ބުނެ އެވެ.


10:18


އެޅިގާތަކެއް ހިފައިގެން 14 މީހުންނާ އެކު ހުޅުމާލެ އިން މާލެ އަށް ދަތުރުކުރި ދޯންޏެއް އަޑިއަށް ދަނިކޮށް މެރިން ޕޮލިސް ސަލާމަތްކޮށްފި ކަމަށް ފުލުހުން ދެންމެ ބުނެފި އެވެ.... އިތުރު ތަފުސީލު އަންނަނީ