ޓްރާސްޕޯޓް މިނިސްޓްރީގެ ސީނިއާ ޕޮލިޓިކަލް ޑިރެކްޓާ ބާހިޒް ޝަފީގް މިއަދު ނިޔާވެއްޖެއެވެ.

ޓްރާންސްޕޯޓް މިނިސްޓްރީގެ އިސް އޮފިޝަލަކު ވަނީ މިއަދުގެ ހެނދުނު ވަގުތެއްތައި ބާހިޒް ނިޔާވިކަން ކަށަވަރު ކޮށްދެއްވައިފައެވެ.

މައުލޫމާތު ލިބޭ ގޮތުގައި އައްޑޫ ސިޓީ ފޭދުއަށް ނިސްބަތްވާ އުމުރުން 27 އަހަރުގެ ބާހިޒް ނިޔާވީ އޭޑީކޭ ހޮސްޕިޓަލުގައި ގޮހޮރުގެ އޮޕަރޭޝަނެއްކޮށްފައި ވަނިކޮށެވެ. އޭނާ މީގެ ކުރިން ވަނީ ހިތުގެ އޮޕަރޭޝަނެއްވެސް ކޮށްފައެވެ.

ބާހިޒަކީ މިހާރު ވެރިކަން ކުރަމުން އަންނަ ޕީޕީއެމް/ޕީއެންސީ ކޯލިޝަންގެ ހަރަކާތްތަކުގައި ވަރަށް ހަރަކާތްތެރިކޮށް އުޅުނު ޒުވާނެކެވެ.