17 Jun 2012, 11:02
ކާޅު ލައްވާ އަޑާއި އެންމެ ވައްތަރު އަޑު ލެއްވުމަށް އެމްޑީޕީން އާންމުކޮށް ހުޅުވާލައިގެން ބޭއްވި މުބާރާތެއްގައި އެއް ވަނައަށް ދިޔަ މީހާއަށް 5000ރ. ދީފި އެވެ.
ރޭ އުސްފަސްގަނޑުގައި އެ މުބާރާތް ކުރިއަށް ގެންގޮސްފައި ވަނީ މުބާރާތުގައި ބައިވެރިވި އަންހެނުންނާއި ފިރިހެނުންގެ ތެރެއިން އެންމެ މަތީ މާކްސް ލިބުނު ތިން މީހަކު ފައިނަލަށް ދާގޮތަށެވެ. ފައިނަލުގައި ދެ ފިރިހެނުންނާއި އެއް އަންހެނުން ވާދަކޮށްގެން، ކުރި ހޯދީ އެމްޑީޕީގެ ފިރިހެން މެންބަރެކެވެ. އަދި ދެވަނައަށް ދިޔައީ އަންހެން މެންބަރެކެވެ.
ކާޅު އަޑު ލައްވައިގެން އެއް ވަނައަށް ދިޔަ މީހާއަށް ލިބުނު 5000.ރ ތެރެއިން 3000.ރ އެނާ ވަނީ ޕާޓީއަށް ހަދިޔާކޮށްފަ އެވެ.
އެމްޑީޕީގެ ކާޅު އަޑު ލެއްވުމުގެ މުބާރާތުގައި ފަނޑިޔާރުންގެ ގޮތުގައި ތިއްބެވީ ލަވަކިއުންތެރިޔާ މުހްތާރު އާދަމާއި ފިލްމީ ތަރި އަހުމަދު ނިމާލެވެ.
އާންމުކޮށް ހުޅުވާލައިގެން އެމްޑީޕީން ކާޅު އަޑު ލެއްވުމުގެ މުބާރާތެއް ބާއްވާފައި ވާއިރު، އެމްޑީޕީން ސިޔާސީ ހަރާކާތް ހިންގަމުންދާ އުސްފަސްގަނޑު ސަރަހައްދުގައި ކާޅު ކޮއްޓާއި ކުކުޅާއި މުސަޅު ގެންގުޅެ އެވެ.