16 Jun 2012, 15:37
އދ. މަހިބަދޫގައި އެއް ޖިންސުން ގުޅުން ހިންގަމުންދިޔަ އުމުރުން 15 އަހަރުގެ ދެ ފިރިހެން ކުއްޖަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެން ގޮސްފި އެވެ.
ފުލުހުންގެ މީޑީއާ އޮފިޝަލް ވިދާޅުވީ އެ ދެ ކުދިން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައި ވަނީ މިދިޔަ ބުރާސްފަތި ދުވަހު އެރަށް ޕެޓްރޯލް ކުރަމުން ގެންދިޔަ ފުލުހުނަށް އެ ކުދިން އެއް ޖިންސުން ގުޅުން ހިންގަން ތިއްބާ ފެނިގެން ކަމަށެވެ. އަދި ބުނީ މިހާރު އެ ދެކުދިން ތިބީ 10 ދުވަހުގެ ކޯޓް އަމުރެއްގެ ދަށުން ފުލުހުންގެ ބެލުމުގެ ދަށުގައި ކަމަށެވެ.
ސަން މައުލޫމާތު ލިބިފައިވާ ގޮތުގައި އެރަށު ސުކޫލުގައި ކިޔަވަމުންގެންދާ އެ ދެ ކުދިން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔައީ އެ ރަށަށް އެހެލާފައި ހުރި ދޯންޏެއްގެ ތެރޭގައި އެއް ޖިންސުން ގުޅުން ހިންގަން ތިއްބާ ކަމަށެވެ.