ކުރިކެޓް ބޯޑުން ބާއްވާ ފުރަތަމަ ޓެކާ ސިކްސަސް ކުރިކެޓް މުބާރާތުގެ ފައިނަލަށް މާލޭ ސްޕޯޓްސް ކުލަބާއި އެމްއެސް ހެލްޕިންގ ހޭންޑް ދަތުރު ކޮށްފި އެވެ.

މުބާރާތުގެ ފައިނަލުން މާލޭ ސްޕޯޓްސް ކުލަބް ޖާގަ ހޯދީ ފުރަތަމަ ސެމީ ފައިނަލުގައި އިއްޔެ ސްރީލަންކާގެ ހައިކޮމިސަން އާއި ވާދަކޮށް ތިން ވިކެޓް ތިން ބޯޅައިން މެޗް ކާމިޔާބު ކޮށްގެންނެވެ. އަދި އެމްއެސް ހެލްޕިން ހޭންޑް ފައިނަލުން ޖާގަ ހޯދީ ދެ ވަނަ ސެމީ ފައިނަލުގައި އިންޑިއަން ހައިކޮމިޝަނާ ބައްދަލުކޮށް އެއްލަނޑުގެ ތަފާތުން މޮޅުވެގެންނެވެ.

އިއްޔެގެ ސެމީ ފައިނަލް ފުރަތަމަ މެޗުގައި ފުރަތަމަ ޓޮސްލިބުމުން މާލޭ ސްޕޯސް ގަސްތުކުރީ ހޮވުމަށެވެ. އެގޮތުން ސްރީލަންކާ ހައިކޮމިޝަނުން ކުޅެންއަރާ ފަސް އޯވަރުގެތެރޭގައި 66 ލަނޑުހެދި އެވެ. ޖަވާބުގައި މާލޭ ސްޕޯޓްސް ކުޅެންއަރާ ފަސް އޯވަރުގެ ތެރޭގައި 68 ލަނޑުހެދި އެވެ.

މީގެއިތުރުން އިއްޔެގެ ސެމީފައިނަލް ދެ ވަނަ މެޗުގައި ޓޮސްލިބުމުން އެމްއެސް އެކަޑަމީ ކުޅެންއަރާ ފަސް އޯވަރުގެތެރޭގައި 79 ލަނޑުހެދިއެވެ. އަދި ޖަވާބުގައި އިންޑިއަން ހައިކޮމިސަނުން ކުޅެންއަރާ ފަސް އޯވަރުގެ ތެރޭގައި 78 ލަނޑު ހެދިއެވެ.

މުބާރާތުގެ ފައިނަލް މެޗް ކުޅުމަށް ހަމަޖެހިފައި ވަނީ މިއަދު ހަވީރު 4:30 ގައި ކުޅިވަރު އެކުވެނީ އެއްނަންބަރު ދަނޑުގައެވެ.